Hamdha Mohamed's banner
Hamdha Mohamed's profile picture

Hamdha Mohamed

@FathmathHamdha5,168 subscribers

Journalist | IR & Politics Student | Policy Executive | Pol. Strategic Researcher | Fmr.Public Relations Officer | Fmr. First Elect Women Democrats Leader |

Videos

FathmathHamdha's profile picture

ސަރުކާރުން އެތައް ބަޔަކަށް ދެމުންދާ އަނިޔާއާއި ދައްކަމުންދާ ވަޒީފާގެ ބިރަށް، ވަޒީފާ ބުރާސްފަތީގެ ސުލްހަވެރި އެއްވުމުގައި ބައިވެރިވުމުން ވަޒީފާއިން ވަކިކޮށް ތިޔަ ދިން އަނިޔާއަށް މާޗީ ކުޑަކަކޫ ނުޖަހާނެ. ފަހަތަކަށްވެސް ނުޖެހޭނެ. އަނިޔާއާ ދެކޮޅަށް އަދި އިންސާފުގެ މަގަށް ކުރަމުން އަންނަ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ. މާޗީ އަކީ ސްޓެލްކޯއަށް ޚިދުމަތް ކުރާތާ 10 އަހަރު ވަމުންދާ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ އިން ބެޗްލަރސް ވިތް އޮނާސް ހާސިލްކޮށްފައިވާ ގާބިލު، ކެރޭ، ހިންގުންތެރި، ފިސާރި އިލެކްޓްރިޝަނެއް. ވަޒީފާގެ މާހައުލު ގަޔާ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ، ހަމަޔާ އިންސާފަށް ލޯބިކުރާ އަދި ވަކާލާތު ކުރަމުންދާ ޒުވާނެއް. މާޗީ އެދުވަހު ހުރީ ފެހި ޤާނޫނު އަސާސީއިން ކަށަވަރުކޮށްދެމުންއައި ހައްޤެއްގެ މަތީ. ބަޔަކު ސަރުކާރު ވައްޓާލުމުގެ ވާހަކަ ދުރުގައި ބާއްވާ. ސަރުކާރުން ތި ދަނީ ދިވެހި ރައްޔިތުން ކުރިމަތީ އަމިއްލައަށް ބަލިވެ ނިކަމެތި ވަމުން. ދެން ފެންނާނީ ވައްޓާލަން ޖެހުމަކާ ނުލާ ވެއްޓޭތަން. މި ފެންނަމުންދަނީ އެމަންޒަރު.

Hamdha Mohamed

10,506 görüntüleme • 2 ay önce

FathmathHamdha's profile picture

ކުރިޔަށް މިއޮތް 5 އަހަރަށް އަޅުގަނޑުމެންނަށް ޚިދުމަތް ކުރަން އައްޔަންކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުން މަޖްލީހުން ކުރިޔަށް ތާވަލު ކުރެވިފައިވާ އިރު، ވަޒީރުންނަށް ރުހުންދިނުމުގައި ނުވަތަ ނުދިނުމުގައި މަޖްލީސް މެމްބަރުން، އެމެމްބަރެއްގެ ދާއިރާގެ ރައްޔިތުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދަން ޖެހޭ. ސަބަބަކީ ވަޒީރުންގެ ޤާބިލުކަމުން ނުވަތަ ނާޤާބިލްކަމުން އަންނަ ގެއްލުމާއި ފައިދާގެ އަސަރު ކުރާނީ ސީދާ އަޅުގަނޑުމެން ރައްޔިތުންނަށް ކަމަށްވާތީ. މިދައްކަނީ ކުރިޔަށް އޮތް ފަސް އަހަރަށް ނިންމޭ ނިމުމެއްގެ ވާހަކަ. މާދަމާވެސް 19 ވަނަ މަޖްލިސް ނިމިގެންދާ އިރު މިހާރު ތިއްބެވި މެމްބަރުންގެ ނިންމުމާއި އެކު ފާސްވާ ވަޒީރުންގެ ޚިދުމަތުގެ ދަށުގައި ރައްޔިތުން 5 އަހަރު ހޭދަ ކުރަން ޖެހޭ އިރު، ރައްޔިތުންނާ މަޝްވަރާ ނުކުރެވި މިފަދަ ބޮޑެތި ނިންމުންތައް ނިންމައިފި ނަމަ ދެކޮޅުޖެހޭ އުސޫލަކަށް ނުވޭ. މިނޫން ގޮތަކަށް ކަންތައް ކުރާ މެމްބަރުންނަށް ރައްޔިތުން ތަމްސީލު ކުރެވޭ ކަމަށް ޤަބޫލެއް ނުކުރަން އަދި އެބޭފުޅުންނަށް މަޖްލީހުގައި ދެވަނަ ދައުރެއް ދިނުމުގެ ކުރިން، އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް އަންނަން ޖެހޭ. ޤައުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގައި މެމްބަރުން ޖަވާބުދާރީ ކުރުވާނީ ފަރުދުން. މިނިސްޓަރުންގެ ހިންގުމުގެ ދަށުން ދެވޭ ޚިދުމަތްތަކާ އަންހެނުންގެ މަސްލަޙަތާވެސް ގުޅޭ. މިޕާރޓީގައި އެތައް ހާސް އަންހެނުން އެބަތިބި. ވިމާ ޑިމޮކްރެޓްގެ އަންހެން ޑިމޮކްރެޓުންގެ ލީޑަރުގެ ހައިސިއްޔަތުން އަދި އާންމު ރައްޔިތެއްގެ ހައިސިއްޔަތުން، އަޅުގަނޑު ޑިމޮކްރެޓްސްގެ ޕާރލިމަންޓަރީ ގްރޫޕަށް މިކަމުގައި އިސްނަގައި ނަމޫނާ ދެއްކުމަށް އެދި ދަންނަވަން. Cc: 𝐀𝐥𝐢 𝐀𝐳𝐢𝐦 Hassan Latheef Hussain Firushan #FreePalestine 🇵🇸🇲🇻 Eva Abdulla Ilyas Labeeb 🎈 Mohamed Nasheed Mohamed Rasheed Ahmed Zahir 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 Ibrahim Rasheed Waddey Hassan Afeef Ahmed Rasheed

Hamdha Mohamed

44,766 görüntüleme • 2 yıl önce

Daha fazla içerik yok.