
Hamdha Mohamed
@FathmathHamdha • 5,168 subscribers
Journalist | IR & Politics Student | Policy Executive | Pol. Strategic Researcher | Fmr.Public Relations Officer | Fmr. First Elect Women Democrats Leader |
Videos

Hello Everyone. After careful consideration, evaluation, assessment and discussion I have decided to pledge 20% of my salary if elected, for constitutents in need through the foundation 'Vilevun' I started working on in 2021. 2021 ގައި އަޅުގަނޑު ފަށާފައިވާ ފައުންޑޭޝަނެއް ކަމުގައިވާ ވިލެވުމުގެ އަލްގޯރިތަމްއެއްގެ ތެރެއިން، ދެފުށް ފެންނަ ގޮތަށް، އަޅުގަނޑު ހޮވިއްޖެ ކަމުގައިވާނަމަ، މުސާރައިގެ %20 ދާއިރާގެ ހާލުގައި އުޅޭ ރައްޔިތުންނަށް ޕްލެޖްކުރީމެވެ. މިކަމުގެ މަޝްވަރާގައި އެއްބާރުލުން ދެއްވާ ލަފާ ދެއްވި އެންމެހާ ދާއިރާ ރައްޔިތުންނާއި ޓީމަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. Vilevun is a dream project of mine and it makes me so happy to continue this project today with more meaning and causes to it. Thank you everyone. ❤️
Hamdha Mohamed142,401 次观看 • 2 年前

ސަރުކާރުން އެތައް ބަޔަކަށް ދެމުންދާ އަނިޔާއާއި ދައްކަމުންދާ ވަޒީފާގެ ބިރަށް، ވަޒީފާ ބުރާސްފަތީގެ ސުލްހަވެރި އެއްވުމުގައި ބައިވެރިވުމުން ވަޒީފާއިން ވަކިކޮށް ތިޔަ ދިން އަނިޔާއަށް މާޗީ ކުޑަކަކޫ ނުޖަހާނެ. ފަހަތަކަށްވެސް ނުޖެހޭނެ. އަނިޔާއާ ދެކޮޅަށް އަދި އިންސާފުގެ މަގަށް ކުރަމުން އަންނަ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ. މާޗީ އަކީ ސްޓެލްކޯއަށް ޚިދުމަތް ކުރާތާ 10 އަހަރު ވަމުންދާ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ އިން ބެޗްލަރސް ވިތް އޮނާސް ހާސިލްކޮށްފައިވާ ގާބިލު، ކެރޭ، ހިންގުންތެރި، ފިސާރި އިލެކްޓްރިޝަނެއް. ވަޒީފާގެ މާހައުލު ގަޔާ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ، ހަމަޔާ އިންސާފަށް ލޯބިކުރާ އަދި ވަކާލާތު ކުރަމުންދާ ޒުވާނެއް. މާޗީ އެދުވަހު ހުރީ ފެހި ޤާނޫނު އަސާސީއިން ކަށަވަރުކޮށްދެމުންއައި ހައްޤެއްގެ މަތީ. ބަޔަކު ސަރުކާރު ވައްޓާލުމުގެ ވާހަކަ ދުރުގައި ބާއްވާ. ސަރުކާރުން ތި ދަނީ ދިވެހި ރައްޔިތުން ކުރިމަތީ އަމިއްލައަށް ބަލިވެ ނިކަމެތި ވަމުން. ދެން ފެންނާނީ ވައްޓާލަން ޖެހުމަކާ ނުލާ ވެއްޓޭތަން. މި ފެންނަމުންދަނީ އެމަންޒަރު.
Hamdha Mohamed10,506 次观看 • 2 个月前

﷽ ޑިމޮކްރެޓްސްގެ އެތެރޭގެ އިންޙާބުގައި އަންހެން ޑިމޮކްރެޓުންގެ ލީޑަރުކަމަށް އަޅުގަނޑު، ފާތިމަތު ޙަމްދާ މުޙަައްމަދު، މިއަދު ފޯރމު ހުށައަޅައި، ކުރިމަތިލައިފިން. މިކަމުގައި ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ޑިމޮކްރެޓުންގެ އެއްބާރުލުމާއި ތާއީދު ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. މިޤާމަށް ކުރިމަތިލުމަށް އަޅުގަނޑު ޝައުގުވެރިކަން ފާޅުކުރުމާއިއެކު މިކަމުގައި ހިތްވަރުދީ އެއްބާރުލުންދީ އެހީތެރިވަމުންދާ އެންމެހާ ބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރުވެރިވަން.
Hamdha Mohamed52,056 次观看 • 2 年前

ކުރިޔަށް މިއޮތް 5 އަހަރަށް އަޅުގަނޑުމެންނަށް ޚިދުމަތް ކުރަން އައްޔަންކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުން މަޖްލީހުން ކުރިޔަށް ތާވަލު ކުރެވިފައިވާ އިރު، ވަޒީރުންނަށް ރުހުންދިނުމުގައި ނުވަތަ ނުދިނުމުގައި މަޖްލީސް މެމްބަރުން، އެމެމްބަރެއްގެ ދާއިރާގެ ރައްޔިތުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދަން ޖެހޭ. ސަބަބަކީ ވަޒީރުންގެ ޤާބިލުކަމުން ނުވަތަ ނާޤާބިލްކަމުން އަންނަ ގެއްލުމާއި ފައިދާގެ އަސަރު ކުރާނީ ސީދާ އަޅުގަނޑުމެން ރައްޔިތުންނަށް ކަމަށްވާތީ. މިދައްކަނީ ކުރިޔަށް އޮތް ފަސް އަހަރަށް ނިންމޭ ނިމުމެއްގެ ވާހަކަ. މާދަމާވެސް 19 ވަނަ މަޖްލިސް ނިމިގެންދާ އިރު މިހާރު ތިއްބެވި މެމްބަރުންގެ ނިންމުމާއި އެކު ފާސްވާ ވަޒީރުންގެ ޚިދުމަތުގެ ދަށުގައި ރައްޔިތުން 5 އަހަރު ހޭދަ ކުރަން ޖެހޭ އިރު، ރައްޔިތުންނާ މަޝްވަރާ ނުކުރެވި މިފަދަ ބޮޑެތި ނިންމުންތައް ނިންމައިފި ނަމަ ދެކޮޅުޖެހޭ އުސޫލަކަށް ނުވޭ. މިނޫން ގޮތަކަށް ކަންތައް ކުރާ މެމްބަރުންނަށް ރައްޔިތުން ތަމްސީލު ކުރެވޭ ކަމަށް ޤަބޫލެއް ނުކުރަން އަދި އެބޭފުޅުންނަށް މަޖްލީހުގައި ދެވަނަ ދައުރެއް ދިނުމުގެ ކުރިން، އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް އަންނަން ޖެހޭ. ޤައުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގައި މެމްބަރުން ޖަވާބުދާރީ ކުރުވާނީ ފަރުދުން. މިނިސްޓަރުންގެ ހިންގުމުގެ ދަށުން ދެވޭ ޚިދުމަތްތަކާ އަންހެނުންގެ މަސްލަޙަތާވެސް ގުޅޭ. މިޕާރޓީގައި އެތައް ހާސް އަންހެނުން އެބަތިބި. ވިމާ ޑިމޮކްރެޓްގެ އަންހެން ޑިމޮކްރެޓުންގެ ލީޑަރުގެ ހައިސިއްޔަތުން އަދި އާންމު ރައްޔިތެއްގެ ހައިސިއްޔަތުން، އަޅުގަނޑު ޑިމޮކްރެޓްސްގެ ޕާރލިމަންޓަރީ ގްރޫޕަށް މިކަމުގައި އިސްނަގައި ނަމޫނާ ދެއްކުމަށް އެދި ދަންނަވަން. Cc: 𝐀𝐥𝐢 𝐀𝐳𝐢𝐦 Hassan Latheef Hussain Firushan #FreePalestine 🇵🇸🇲🇻 Eva Abdulla Ilyas Labeeb 🎈 Mohamed Nasheed Mohamed Rasheed Ahmed Zahir 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 Ibrahim Rasheed Waddey Hassan Afeef Ahmed Rasheed
Hamdha Mohamed44,766 次观看 • 2 年前

ކުރިއަށް އޮތް ޑިމޮކްރެޓްސްގެ އިންތިޙާބުގައި އަންހެން ޑިމޮކްރެޓުންގެ ލީޑަރުކަމަށް ކުރިމަތި ލާން އަޅުގަނޑު ނިންމައިފިން. ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި އަންހެން ޑިމޮކްރެޓުން މިކަމުގައި އަޅުގަނޑަށް އިތުބާރުކޮށް އަޅުގަނޑާއިއެކު މިކަން ކުރުމަށް އެއްބާރުލުން ދިނުން އެދެން. Let's do this! #WeTheDemocrats #WomenDems
Hamdha Mohamed46,865 次观看 • 2 年前
没有更多内容可加载
