
Mihaaru
@Mihaarunews • 137,253 subscribers
The most trusted news source in the Maldives
Shorts
Videos

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ރޭ ހޮނުއެޅި އިރު، ރޭ ޖެހި ގުގުރީގެ އަޑު އާދަޔާ ހިލާފަށް ގަދަ ކަމަށް އެތައް ބަޔަކު ބުނޭ. ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ރޭ ކުރެވުނު މި ބިރުވެރި ތަޖުރިބާގެ ވާހަކަ އާއި ފޮޓޯ އާއި ވީޑިއޯތަކުން މިއަދު ސޯޝަލް މީޑިއާގައި ދަނީ ކިޔައިދެމުން. 🔗:
Mihaaru15,800 views • 1 month ago

ހ. ރަނައުރާގޭއާގޭ، ހައްވާ ޔުމްނު ރަޝީދު ގެއެއްގެ 9 ވަނަ ފްލޯ އިން މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވެއްޓިފައިވާއިރު އެ ގޭގައި އޭނާ އުޅުނު ގޮތުގެ މަންޒަރު ފެންނަ ވީޑިއޯ. ފުލުހުން އާންމު ކޮށްފައިވާ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި ދެން އޭނާއާ އެކު އުޅެނީ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް. ތަފްސީލް:
Mihaaru32,354 views • 1 year ago

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިންޓަވިއު: ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު، ޔާމީންގެ ބަސް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ލީޑަޝިޕަށް ބޮޑެތި އޮޅުވާލުންތަކެއް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އޮޅުވާލެއްވިކަމުގެ ހެކި އެބަހުރި ކަމަށް. އެ އޯޑިއޯ ލީޑަޝިޕްގެ ވަރަށް ގިބަ ބޭފުޅުން އެއްސެވި ކަމަށާއި ހެކި ހާމަކުރައްވަން ޖެހިއްޖެ ނަމަ އެ ކަން ވެސް ކުރައްވާނެ ކަމަށް ހުސައިން ވިދާޅުވި. ވިދާޅުވީ، ޖަމީލަކީ ޕީޕީއެމްގެ ލީޑަޝިޕް ބަލައިގަންނަ ބޭފުޅެއް ނޫން ކަމަށް. ކުރިން ވެސް ޖަމީލް ބަލައިގަތީ ޔާމީނަށް ކުރި އިހުތިރާމަކުން ކަމަށް ނައިބު ރައީސް ވިދާޅުވި. ތަފުސީލު: ވީޑިއޯ: މުހައްމަދު ޔާމިން | މިހާރު
Mihaaru55,378 views • 2 years ago

ރައީސްގެ ދަތުރުފުޅާ ދިމާކޮށް ގއ. ވިލިނގިލީގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުން
Mihaaru51,406 views • 2 years ago

ރާއްޖެ ސަރަހައްދުން ވަރަށް މަދުން ނޫނީ ނުފެންނަ ދިރުމެއް ކަމަށްވާ ކިލާ ވޭލް (އޯކާ) ފެނުން. ރާއްޖޭގެ ދެކުނުން ފުވައްމުލަކު ކައިރިން ޑައިވަރުންތަކަކަށް މިފަހުން ވަނީ އޯކާ ފެނިފައި. ހުޅުމާލެ ކައިރިން ވެސް އިއްޔެ އޯކާ ފެނިފައިވޭ. ބޮޑުމަހުގެ ބާވަތެއް ކަމަށްވާ އޯކާ އަކީ އެކި ދުވަސްވަރު ވަރަށް ދުރަށް ހިޖުރަކޮށް އުޅޭ އެއްޗަކަށް ވާތީ، ދޭތެރެއަކުން ރާއްޖެ ސަރަހައްދުން ވެސް ފެނޭ. އާންމުކޮށް ކަނޑުގެ ފިނި ސަރަހައްދުތަކުގައި ދިރިއުޅޭ އޯކާ މީގެ ކުރިން ވަނީ ރ. އަތޮޅުންނާއި ޅ. އަތޮޅުގެ ޖަވަކަރަ ރިސޯޓު ކައިރިން ވެސް ފެނިފައި.
Mihaaru14,382 views • 6 months ago

▪️ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތްތަކާއި ވެރިފައި ކުރަން ސަރުކާރުން ކުރި މަސައްކަތް ހާމަކުރަން ގޮވާލާ އާންމުން މިނިސްޓްރީގެ އިދާރާ އަށް އެއްވެ، އަޑުއުފުލަނީ. ▪️އާންމުންގެ ޝަކުވާ ބޮޑުވުމުން ސަރުކާރުން މިހާރު ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި. ތަފުސީލު:
Mihaaru45,230 views • 2 years ago

"ފައިސާ ޗާޕްނުކޮށް, ރާއްޖެ ބަނގުރޫޓް ވިޔަ ނުދީ އަދި މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނި ނުކޮށް އާމްދަނީ އިތުރުކޮށްދޭނަން. މި އަހަރުގެ މިހާތަނަށް ޕޭހާމަނައިޒޭޝަންގެ ދަށުން މުސާރަ ބޮޑުނުވާ ހުރިހާ ސިވިސް ސާވަންޓުންގެ 2025 ގެ ތެރޭގައި މުސާރަ ބޮޑުކުރަން އެ އޮތީ ނިންމާފައި. ޖުޑިޝަރީ ވެސް ހިމެނޭނެ. އަދި 2026 އަކީ ދެން ހުރި ދާއިރާތަކުގެ މުސާރަ ބޮޑުވާނެ އަހަރެއް." ތަފްސީލް:
Mihaaru26,080 views • 1 year ago

ޕާކުކުރުމުގައި ހަމައެއްލަމައެއް ނެތް: ހުޅުމާލެ 2 ގައި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ވެސް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައި. ޕާކުކުރަން ކަނޑައަޅާފައިވާ ޒޯނުތަކަށް ނުބަލައި މަގުގެ ދެ ފަރާތުގައި ޕޭވްމަންޓާ އެކު ކާރާއި ޕިކަޕްތަކަށް އަމިއްލަ ޕާކިން ޒޯނުތަކެއް ވަނީ ހަދާފައި. ވެހިކަލްތައް މިގޮތަށް ތޮއްޖެއްސުމުން ހުޅުމާލެ 2 ސިފަވަނީ ޕާކިން ޒޯނެއްގެ ގޮތަށް. މިހާރު ވީޑިއޯ | މުހައްމަދު އައުސަފް
Mihaaru23,258 views • 1 year ago

"މިހާރު" އައްޑޫ ބަހުސްގައި މެމްބަރު އަޒާން ދެއްކެވި ވާހަކަ: "ގެންނަން މިއުޅޭ ބަދަލު ގެނެސްގެން ހައްލެއް ލިބޭނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. މިކަން ކުރުމުގެ ސަބަބުން ލިބޭނެ ގެއްލުންތައް އަޅުގަނޑަށް ފެނޭ. އެއް ކަމަކަށް އައްޑުއަށް ލިބިފައި މި އޮންނަ ބާގެއިނިން ޕަވާ އެއްކޮށް ގެއްލޭނެ. ދެން ކޮންމެ ސަރުކާރެއް އަޔަސް ވަކިވަކި ތަންތަނުން ވަކާލާތު ކުރާނީ ވަކިވަކި ކަންކަން ކުރަން. ބައިބައިވެގެން ލިބޭނެ މޮޅެއް ނެތް ކަމަށް އަޅުގަނޑަށް ފެންނަނީ. ބައިބައިވެގެން ކުރިން ނުލިބޭ ކޮން އާ ހިދުމަތެއްތޯ އަލުން ލިބޭނީ. ތަރައްގީގެ ގޮތުން ކޮން ކަމެއްތޯ ވާނީ."
Mihaaru13,596 views • 8 months ago

ސްރީ ލަންކާއަށް ދިމާވި ކާރިސާއާ ގުޅިގެން ދިވެހިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރަން މާލޭގައި އެ ގައުމުގެ ރައްޔިތުން މިއަދު ބޭއްވި އެއްވުމުގެ ބައިވެރިން ދިވެހިންނަށް ޝުކުރު އަދާކުރަނީ. ކުދިބޮޑު ގިނަ ބަޔަކު ޖަމާވި އެ އެއްވުމުގައި ދައްކުވައިދިނީ ރާއްޖެ އިން ވެދިން އެހީތެރިކަން ލަންކާގެ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަކަން. އެ ގައުމަށް އެރި ތޫފާނާ ގުޅިގެން ދިވެހިން ވަނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެ ދުވަސް ތެރޭ އެއްކުރުމަށް ފަހު, އެ ގައުމަށް ހަދިޔާކޮށްފައި. އަދި ދިވެހި ސަރުކާރުން ވަނީ 25,000 މަސް ދަޅު ކޭސް ވެސް އެ ގައުމަށް ފޮނުވާފައި. ވީޑިއޯ: އަހްމަދު އަޒާން | މިހާރު
Mihaaru11,586 views • 6 months ago

އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އިރު ވެސް ނުގެއްލުނު އެއްޗަކީ ގިނަ ބަޔަކު ދަންނަ އާމިނަތު ސޫޒަންގެ ކެރުމެވެ. އަޑިގުޑަންތަކުގައި ދެއްކި ހިތްވަރެވެ. އެ ސާބިތުކަމެވެ. އުމުރުގެ ބޮޑުބައި މަސައްކަތް ކުރުމުގައި އުޅުމަށް ފަހު، ހިތްދެމިލާނެ ވަގުތުކޮޅެއް މި ލިބުނީ އަދި ކިރިޔާ އެވެ. ތަފްސީލް:
Mihaaru11,471 views • 6 months ago

އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މާލެ ފޮނުވާލަނީ: މި މަރުގައި ތުހުމަތުވާ މީހެއް އަދި ނެތް އިރު އާދައިގެ ދިރިއުޅުމެއް އުޅޭ ތަން ފެންނަ އަބްދުއްރަހްމާނަށް ހަމަލާދީ މަރާލަން ޖެހޭ ސަބަބެއް ނެތް ކަމަށް މި ރަށުން ވާހަކަ ދެއްކި މީހުން ބުނޭ. ވީޑިއޯ: އަހްމަދު ހަމްދޫން | މިހާރު ތަފްސީލު:
Mihaaru15,833 views • 11 months ago