ミ 𝘚𝘰𝘶𝘵𝘩𝘦𝘳𝘯𝘦𝘳 彡's banner
ミ 𝘚𝘰𝘶𝘵𝘩𝘦𝘳𝘯𝘦𝘳 彡's profile picture

ミ 𝘚𝘰𝘶𝘵𝘩𝘦𝘳𝘯𝘦𝘳 彡

@miyadhu3,664 subscribers

Researcher. Dad. Son. Brother. MENA and Maldives Politics #EndVaanuvaa (reteweets ≠ endorsements.)

Videos

miyadhu's profile picture

ޓީވީ ޝެއިޚުންނާއި ޖަމިއްޔާ ޢިލްމުވެރިންނަށް އިތުބާރު ގެއްލޭ ސަބަބަކީ ދުނިޔެވީ ޙަޤީޤަތް (ރިއާލިޓީ) އާއި ދުރު ވާހަކަތައް ތަކުރާރުކޮށް ދައްކައި ޢާންމުންނަށް ފީޑް ކުރަން އުޅުމުން. ޢާންމުންނަކީ ދީނީ ކަންކަމުގައި ޖާހިލުބަޔެއް ކަމުގައި ވިޔަސް ދުނިޔެވީ ޙަޤީޤަތާ ރެޔާއި ދުވާލު ކުރިމަތިލައި އޭގެ ހިތި ބޮމުންދާ ބައެއް. 👈މިޘާލަކަށް ޝެއިޚް ޝަމީމް މިދައްކަވަނީ އިސްލާމީ ބައެއް ބިން ތަކުގައި ކުރިޔަށް ދިޔަ/ދާ ރިވޮލިއުޝަންސް ތަކުގައި CIA ގެ އަތް އޮތް ވާހަކަ. މިކަމުގައި ރިއާލިޓީ އަކީ ޢާންމުން މިތިބެނީ ޚުދު ފިރުޢައުނީ ސީސީ ފަދަ، ބިން ސަލްމާން ފަދަ އަނިޔާވެރި ދައްޖާލުންގެ އަތް ދަށުގައި ވޭނުގައި. އަދި އިސްލާމީ ބިން ތަކަށް ވެރިވެފައިވާ މި ފިރުޢައުނުންނަކީ CIA އާއި އެމެރިކާއާއި އެކު ރަސްމީކޮށް އަމިއްލަޔަށް އިޢުލާންކޮށް ރެޔާއި ދުވާލު ފަޚުރާއިއެކު މިލިޓަރީ، އިންޓެލް އަދި އެނޫން ގުޅުން ތައް ބާއްވައި އެހީ ބަދަހި ކުރާ މީހުން. 📌އެހެނަސް ސޯސަލް ޝޭޚުންނަށް ގޯސް މިވަނީ ޙާލަތް ބަދަލުކުރަން މަސައްކަތް ކުރި މީހުން. އެވެސް ގިނަފަހަރަށް ޘާބިތުނޫން ކޮންސްޕިރަސީ ވާހަކަތަކުގެ މައްޗަށް. ⁉️ ސުވާލަކީ އެމެރިކާ އާއި ސީއައިއޭ އާއި އެކު ފާޅުގައި އިޢުލާނުކޮށް ހަރުއަޑުން މީޑިއާގައި ގުޅުން ބަދަހި ކުރާ އަނިޔާވެރި ދައްޖާލުންނަށް ފާޑު ވިދާޅުވާނީ ކޮން އިރަކުންތޯއޭ؟ އަބަދުވެސް ގޯސް މިވަނީ، އޭޖެންޓުންނަށް މިވަނީ ނިކަމެތި ރައްޔިތުންގެ ފަޅި ދެއްތޯއޭ؟

ミ 𝘚𝘰𝘶𝘵𝘩𝘦𝘳𝘯𝘦𝘳 彡

10,752 views • 6 months ago

No more content to load