Dhivehi Archives by Naajih Didi's banner
Dhivehi Archives by Naajih Didi's profile picture

Dhivehi Archives by Naajih Didi

@NaajihDidi16,130 subscribers

ހޯދަާނުބަލައި ކަމަކު ތެރަށް ބޯނުމަހާނދޭ، ބޯދާބަހެކޭ ގޯހެކެ މަކޮޔާ ނުހިތާނދޭ Interests: History, Culture, Language, Everything Dhivehi (Maldivian)

Shorts

#DhivehiArchives މިއީ މާލޭ ހެންވޭރު މިލްކްބުޝް ޢަބްދުއްރަޙްމާން މުޙައްމަދު، އާދެ މަޝްހޫރު ނަމުން ނަމަ "ބަނޑޭރި" އެވެ. އޭނާއަކީ އޭނާގެ ފޮތް ގާޑިޔާ މާލޭގެ މަގުތަކުގައި ދަމަމުން ދިވެހި ތަދު އެތައް ފޮތެއް، ޚާއްޞަކޮށް ދީނީ ފޮތްތައް ވިއްކައިއުޅުނު ދިވެހި ތާރީޚުގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތެރިއެކެވެ. އޭނާ ފޮތް ވިއްކަން ގޮވާ ގޮވެލިފައްޗަކީ މީގެ އަހަރުތަކެއް ކުރިޔާ ޖެހެންދެން މާލޭގެ ސަގާފީ ތަރިކައިގެ ބައެއްގެ ގޮތުގައި ހިމެނުނު އަޑުތަކުގެ ތެރެއިން އެއް އަޑެވެ. މާތްރަސްކަލާނގެ އޭނާއަށް ހެޔޮރަހުމަތްލައްވާށިއެވެ! އާމީން 📸 މުޙައްމަދު ޙަލީމް(ކެސްޓޯ)، އެސްޓަރސްގެ އިޝްތިހާރު This is Abdul Rahman Mohamed from Malé, popularly known as "Ban'deyri". He was a well-known figure in the country’s history, famous for pulling his book cart through the streets of Malé and selling rare books, particularly religious books. His unique call as he sold books was once a familiar and cherished part of the Malé's cultural heritage. May God have mercy on him! Aameen.

13,124 просмотров

މީގެ ކުރިން މަޖީދީމަގު މެދުން އެންމެ ބޮޑަށް ފެންބޮޑުވެ ހަރުލާފައި އޮންނަތަން މާލޭ ސިޓީ ކައުންސިލުން އުސްކޮށްލީމާ މިހާރަކު އެތާކު ފެނެއް ބޮޑެއް ނުވޭ! ދެއްތޯ މޭޔަރު Mayor of Male’ City - Adam Azim ؟ އެކަމަކު...

24,732 просмотров

Videos

މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދެއްކި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލާމެދު އަޅުގަނޑުގެ ޝުއޫރު! ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ހިމެނޭ އެންމެ މުހިންމު އާދަކާދަތަކުގެ ތެރެއިން އެއް އާދަކާދައަކީ ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތަކީ ދިވެހި ރަސްރަސްކަލުން ރޯދަމަހުގެ ތެރޭގައި ބާއްވަވާފައިވާ ނުހަނު ހައިބަވަންތަ، އޭގައި އެތައް ކަމެއް އެކުލެވިގެންވާ ވަރަށް ވެސް ފުރިހަމަ، ރީތި ރަސްމިއްޔާތެކެވެ. ގިނަ ބައެއްގެ މުނިފޫހިފިލުވައިދިން ރަސްމިއްޔާތެކެވެ. ނަމަވެސް، މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދެއްކި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަކީ މި މުހިންމު އާދަކާދައިގެ އަސްލު މަޤްޞަދާއި ރޫޙު ގެއްލިފައިވާ ތަމްސީލެއް ކަމުގައި ދަންނަވަން ޖެހެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދުރާލައި މި އީދުގައި ހިއްޗަށް ވަޑައިގަތުން ދައްކާނެ ވާހަކަ ބުނެފައިވާތީ، އަޅުގަނޑު އުންމީދު ކުރީ މި ތަމްސީލަކީ ވަރަށް ފުރިހަމައަށް ދިރާސާކޮށް ތައްޔާރުކޮށްފައިވާ، އަދި ދިވެހީންގެ ތާރީޚީ އަދި ސަގާފީ މި މުހިއްމު ތަރިކަ ރަނގަޅަށް ދައްކައިދޭނެ ތަމްސީލެއް ކަމަށެވެ. ނަމަވެސް، ފެނިގެން ދިޔައީ އުއްމީދުކުރި ފަދަ މަންޒަރެއް ނޫނެވެ. މިރޭ ފެނިގެން ދިޔަ ތަމްސީލުން ހިއްޗަށް ވަޑައިގަތުމުގެ ރީތިކަމާއި އޭގެ ހައިބަވަންތަކަން އެއްގޮތަކަށްވެސް ނުދެއްކުނެވެ. ރަސްމިއްޔާތު މުޅީން ފުރިހަމަ ވެސް ނުކުރެވެ އެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނު ކަމަކީ މިފަދަ މުހިންމު ރަސްމިއްޔާތެއް އޭގެ އަސްލާ އެއްގޮތަށް ދެއްކުމަށްޓަކައި ބޭނުންވާ ވަރަށް މީހުން ބައިވެރިކޮށްފައި ނުވާކަމެވެ. އޭގެ ސަބަބުން މުޅި ރަސްމިއްޔާތުގެ ހައިބަވަންތަކަން ގެއްލެއެވެ. ދެވަނައަށް، ބައިވެރިން އަޅައިގެން ތިބި ހެދުންތައް ވެސް އޭގެ އަސްލާ އެއްގޮތެއް ނޫނެވެ. ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިން އަޅަންޖެހޭ ޚާއްޞަ ހެދުންތަކެއް ހުރެއެވެ. އަދި އެ ހެދުންތައް އަޅަންޖެހޭ ޚާއްޞަ ގޮތްތަކެއް ވެސް ހުރެއެވެ. މީގެ އިތުރުން ވެސް ކިތަންމެ ގޯސްތަކެއް ހުއްޓެވެ. އަދި ހިތާމައާއެކު ފާހަގަކުރަންޖެހެނީ، ބައެއް އީދުތަކުގައި ބައެއް ރަށްރަށުގައި ދައްކާ ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަށްވުރެ ވެސް މިރޭ ފެނިގެން ދިޔަ ތަމްސީލުގެ ފެންވަރު ދަށްކަމެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއަކީ މިފަދަ ކަންކަން ރައްކާތެރިކޮށް، ދަމަހައްޓައި، ކުރިއަރުވަން މަސައްކަތްކުރާ އިދާރާ ކަމަށްވާތީއެވެ. އުއްމީދަކީ ކުރިމަގުގައި މިކަންކަމަށް ވިސްނައިގެން މިފަދަ ކަންކަން ކުރުމެވެ.
0:58

Sensitive content

This media may contain sensitive content.

NaajihDidi's profile picture

26,027 просмотров • 1 год назад

Больше нет контента для загрузки