
Dhivehi Archives by Naajih Didi
@NaajihDidi • 16,130 subscribers
ހޯދަާނުބަލައި ކަމަކު ތެރަށް ބޯނުމަހާނދޭ، ބޯދާބަހެކޭ ގޯހެކެ މަކޮޔާ ނުހިތާނދޭ Interests: History, Culture, Language, Everything Dhivehi (Maldivian)
Shorts
Videos

އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު (ދާޚިލީ ވަޒީރު) ކަމުގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭ ޒާތުގެ ވާހަކަދެއްކުމަކީ މިއީ އަސްލު ވަރަށް ދެރަ ކަމެއް! ވަރަށް ނާތަހުޒީބު ކަމެއް! Minister of Homeland Security & Technology
Dhivehi Archives by Naajih Didi50,487 次观看 • 9 个月前

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައިނުދޭންް އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާއިބެހޭ އިދާރާއިން ނިންމުމާ ގުޅިގެން އެކަމާ އިހުތިޖާޖުކޮށް ކަރިކިއުލަމްގެ ތެރެއަށް އަލުން ދިވެހި ބަސް ހިމަނައިދިނުމަށް ގޮވާލައި މަލިކު ރައްޔިތުން މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިިން. މިކަމާއި ގުޅިގެން އިންޑިޔާގެ ޕާލަމެންޓްގައި މަލިކާއެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ އެމްޕީ، ޙަމްދުއްލާ ސަޢީދު ވަނީ ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން ދިވެހި ބަސް ހިމެނުމަށް ގޮވާލައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ވެސް ފޮނުއްވާފައި.
Dhivehi Archives by Naajih Didi24,367 次观看 • 1 年前
0:58
Sensitive content
This media may contain sensitive content.

މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދެއްކި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލާމެދު އަޅުގަނޑުގެ ޝުއޫރު! ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ހިމެނޭ އެންމެ މުހިންމު އާދަކާދަތަކުގެ ތެރެއިން އެއް އާދަކާދައަކީ ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތަކީ ދިވެހި ރަސްރަސްކަލުން ރޯދަމަހުގެ ތެރޭގައި ބާއްވަވާފައިވާ ނުހަނު ހައިބަވަންތަ، އޭގައި އެތައް ކަމެއް އެކުލެވިގެންވާ ވަރަށް ވެސް ފުރިހަމަ، ރީތި ރަސްމިއްޔާތެކެވެ. ގިނަ ބައެއްގެ މުނިފޫހިފިލުވައިދިން ރަސްމިއްޔާތެކެވެ. ނަމަވެސް، މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދެއްކި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަކީ މި މުހިންމު އާދަކާދައިގެ އަސްލު މަޤްޞަދާއި ރޫޙު ގެއްލިފައިވާ ތަމްސީލެއް ކަމުގައި ދަންނަވަން ޖެހެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދުރާލައި މި އީދުގައި ހިއްޗަށް ވަޑައިގަތުން ދައްކާނެ ވާހަކަ ބުނެފައިވާތީ، އަޅުގަނޑު އުންމީދު ކުރީ މި ތަމްސީލަކީ ވަރަށް ފުރިހަމައަށް ދިރާސާކޮށް ތައްޔާރުކޮށްފައިވާ، އަދި ދިވެހީންގެ ތާރީޚީ އަދި ސަގާފީ މި މުހިއްމު ތަރިކަ ރަނގަޅަށް ދައްކައިދޭނެ ތަމްސީލެއް ކަމަށެވެ. ނަމަވެސް، ފެނިގެން ދިޔައީ އުއްމީދުކުރި ފަދަ މަންޒަރެއް ނޫނެވެ. މިރޭ ފެނިގެން ދިޔަ ތަމްސީލުން ހިއްޗަށް ވަޑައިގަތުމުގެ ރީތިކަމާއި އޭގެ ހައިބަވަންތަކަން އެއްގޮތަކަށްވެސް ނުދެއްކުނެވެ. ރަސްމިއްޔާތު މުޅީން ފުރިހަމަ ވެސް ނުކުރެވެ އެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނު ކަމަކީ މިފަދަ މުހިންމު ރަސްމިއްޔާތެއް އޭގެ އަސްލާ އެއްގޮތަށް ދެއްކުމަށްޓަކައި ބޭނުންވާ ވަރަށް މީހުން ބައިވެރިކޮށްފައި ނުވާކަމެވެ. އޭގެ ސަބަބުން މުޅި ރަސްމިއްޔާތުގެ ހައިބަވަންތަކަން ގެއްލެއެވެ. ދެވަނައަށް، ބައިވެރިން އަޅައިގެން ތިބި ހެދުންތައް ވެސް އޭގެ އަސްލާ އެއްގޮތެއް ނޫނެވެ. ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިން އަޅަންޖެހޭ ޚާއްޞަ ހެދުންތަކެއް ހުރެއެވެ. އަދި އެ ހެދުންތައް އަޅަންޖެހޭ ޚާއްޞަ ގޮތްތަކެއް ވެސް ހުރެއެވެ. މީގެ އިތުރުން ވެސް ކިތަންމެ ގޯސްތަކެއް ހުއްޓެވެ. އަދި ހިތާމައާއެކު ފާހަގަކުރަންޖެހެނީ، ބައެއް އީދުތަކުގައި ބައެއް ރަށްރަށުގައި ދައްކާ ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަށްވުރެ ވެސް މިރޭ ފެނިގެން ދިޔަ ތަމްސީލުގެ ފެންވަރު ދަށްކަމެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއަކީ މިފަދަ ކަންކަން ރައްކާތެރިކޮށް، ދަމަހައްޓައި، ކުރިއަރުވަން މަސައްކަތްކުރާ އިދާރާ ކަމަށްވާތީއެވެ. އުއްމީދަކީ ކުރިމަގުގައި މިކަންކަމަށް ވިސްނައިގެން މިފަދަ ކަންކަން ކުރުމެވެ.
Dhivehi Archives by Naajih Didi26,027 次观看 • 1 年前

#DhivehiArchives 1953 ގެ ޖުމްހޫރީ ކާނިވަލާ ގުޅިގެން ބޭއްވި ދިވެހިރާއްޖޭގެ ފުރަތަަމަ ރީތީގެ މުބާރާތް. މުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ޤައުމުގެ ރައީސް ޞާޙިބުލްފަޚާމާ މުޙައްމަދު އަމީން ދީދީ. މުބާރާތުން މުޅި ރާއްޖެއިން އެއްވަނަ ލިބުނީ ތިލަދުންމަތީ ބާރަށު ރަމްލާ އަޙުމަދަށް.
Dhivehi Archives by Naajih Didi27,995 次观看 • 1 年前

#DhivehiArchives ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާ މި ކިޔަނީ އަހަރެމެން ކުޑައިރުގެ އުފާވެރި ހަނދާނަކުން. މިއީ 1990 ވަނަ އަހަރު އަހަރެމެން ކަލާފާނު ސްކޫލުގައި އުޅުނު އިރު އެސްކޫލުގެ ދަރިވަރުންތަކެއް ކިޔާފައިވާ ލަވައެއް. މި ވީޑިއޯއިން ކުޑައިރުގެ އުފާވެރި ހަނދާންތައް އާވެގެން ދޭ.
Dhivehi Archives by Naajih Didi18,226 次观看 • 1 年前
2:20
Sensitive content
This media may contain sensitive content.
没有更多内容可加载