
Ahmed Shiyam
@Shiyamaldives • 36,774 subscribers
Minister of Fisheries, Agriculture and Ocean Resources | Member of Parliament 2014-2023 | Vice President of People's National Congress (PNC) 🇲🇻
Shorts
Videos
1:19
Sensitive content
This media may contain sensitive content.

ވަރަށް ރަނގަޅު ވާހަކަފުޅެއް ޖުމްހޫރީ ޕާޓީގެ ރައީސް އޮނަރަބަލް Qasim Ibrahim ތިޔަ ވިދާޅުވީ. ހިތްނިޔަތް ތެދުކޮށް ވެރިކަންކުރެެއްވި ބޭފުޅުން މަދުވީމަ ޤައުމު މިއަދު މިހިތްދަތި ހާލަތު މިދެކެނީ. ރައީސް ޑރ. Dr Mohamed Muizzu އަކީ ފެހި ޤާނޫނުއަސާސީ ދުށް އެންމެ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ، ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ކޮށްދެއްވަމުން ގެންދަވާ ވެެރިޔާ. ވޭތުވެދިޔަ ސަރުކާރުތަކުން ޤައުމު ވައްޓާލާފައިވާ ފުން އަނދަވަޅުން ސަލާމަތްކޮށް އެމަނިކުފާނުގެ ޒަޢާމަތުގައި ޤައުމު ހަމަ މަގަށް އަޅުވާ ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެއްވާނެކަމީ ޝައްކެއްވެސް ނެތްކަމެއް. އެކަން މިއަދުވެސް ރާއްޖޭގެ ކަންކޮޅުތަކުން އަންނަނީ ފެންނަމުން. #RayyithunGaathah #AlifDhaaluAtollVisit
Ahmed Shiyam13,528 views • 1 year ago

އައިޑީކާރޑު އަދި ޕާސްޕޯޓުގެ ޚިދުމަތްވެސް ހަމަ ކޮންމެ އަތޮޅެއްގައި އެ ޤާއިމްކުރެއްވީ. ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި , ކުޑަ ރަށެއް ބޮޑުރަށެއް ނުބައްލަވާ ހަމަ 'ހުރިހާ ރަށެއްގައި' އޭޓީއެމްގެ ޚިދުމަތްވެސް ޤާއިމްކޮށް ނިމެނީ. ބޯކޮށް ޑޮލަރު ގެންގުޅޭ ރަށްރަށުގައި ޑޮލަރު އޭޓީއެމް އެ ބަހައްޓަވަނީ. މީ ނޫންތޯ ހަޤީގީ މާނާގައި ލާމަރުކަޒުކުރުމަކީ. ރައީސް ޑރ. Dr Mohamed Muizzu އަށް ހަމަ އައްސަރިބަހާ ސާބަސް. 👏👏👏
Ahmed Shiyam11,486 views • 1 year ago

އެމް.ޑީ.ޕީ ގެ ބާރަ މެންބަރުން ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު Minister of Homeland Security, Labour & Technology ގެ އިތުބާރުނެތްކަމުގެ މައްސަލާގައި މިއަދު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގައި ދެއްކެވި ސާބިތުކަމަށް އައްސަރިބަހާ ސާބަސް ދަންނަވަން. އެމް.ޑީ.ޕީ ގެ ސަރުކާރާ ޚިލާފަށް މިއަދު ސަރުކާރު ހިންގާ ޕާޓީއަކީ ސިޔާސީ މަޤްޞަދުތައް ހާސިލްކުރުމުގައި ރައްޔިތުންގެ ހައްޤަކަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރާނެ ޕާޓީއެއް. އަދި ރައީސް ޑރ. Dr Mohamed Muizzu ގެ ސަރުކާރަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ތަންފީޒުކުރުމުގައި އެއްވެސްވަރަކަށް ކޮންޕްރޮމައިޒްވާނެ އަދި ކޮރަޕްޝަނާ ފަސާދަޔަށް ކުޑަވެސް ޖާގައެއް ދޭނެ ސަރުކާރެއްނޫން.
Ahmed Shiyam13,998 views • 1 year ago

ދިވެހި ދަރި އަކާ ދޭތެރޭ ޚާއްޞަކޮށް ދިވެހި ސަލާމަތީ ޚިދުމަތުގައި ގިނަދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާ ޝަރަފުވެރި ކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ސަމަދުބެއާދޭތެރޭ ދިފާއީ ވަޒީރު Mariya Didi 🇲🇻 ގެ ދަށުދަރަޖައިގެ ބަސްމަގަށް ޖަވާބުދާރީ ކުރުވަން މަޖިލީހަށް ޙާޒިރުކުރާނަން.
Ahmed Shiyam19,579 views • 3 years ago

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްޙޫރިއްޔާ ޑރ. Dr Mohamed Muizzu އަނެއްކާވެސް މި ސާބިތުކޮށްދެއްވީ ޤައުމު ބިނާކުރުމުގައި ހުރިހާ ގޮތަކުންވެސް ނޫސްވެރިކަން އަދި ނޫސްވެެރިންގެ މުހިއްމުކަން. ނޫސްވެެރިންނާ ބައްދަލުކުރައްވާ މަޢުލޫމާތު ހިއްސާކުރައްވަން އެމަނިކުފާނުގެ އޮތް ބޮޑު ޝައުޤުވެރިކަން. ދެފުށްފެންނަ ސަރުކާރެއް ޤާއިމުވެ އޮތުމުގެ މުހިއްމުކަން. އެމަނިކުފާނު ނޫސްވެރިންނާ ބަދަލުކުރެއްވީ ދިވެހީންގެ ރާއްޖޭގެ އަދި އެރާއްޖޭގެ އަހުލުވެރީންގެ ކުރިމަގަށް އެމަނިކުފާނު ކުރައްވާފައިވާ ކަންކަމާއި، ކުރައްވަން ރާއްވަވާފައިވާ ކަންކަމުގެ ވާހަކަ. އަދި އެކަންކަމުގައި ގެންގުޅުއްވާ ހަރުދަނާ ފެންހިފޭ އިންތިޒާމުތަކުގެ ވާހަކަ. ވަކި ވަކި އެކި މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތުތައް، އަކުރުން އަކުރަށް ތުނޑުން ތުނޑަށް އެ ހިއްސާކުރައްވަނީ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ފޫހިފުޅުވުމެއްނެތި އަދި ވަރުބަލިފުޅުކަމެއްނެތި ޖަވާބު ދެއްވަމުން. ހެނދުނު 10:00 އިން ފެށިގެން އަދިވެސް ނުނިންމަވާ، މިހާރު ގަޑިން އެހެރަ އިރުއޮއްސި 6 ޖަހަނީ. މިއީ ދިވެހި ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކު ބޭއްވެވި އެންމެ ދިގު، އެންމެ ތަފްސީލް އަދި އެންމެ ފުރިހަމަ ނޫސްވެރިންގެ ބައްދަލުވުން. #PresidentMuizzuWithMedia #PressFreedomDay
Ahmed Shiyam10,625 views • 1 year ago

Truly inspiring speech at #COP28UAE by President Dr Dr Mohamed Muizzu . Geat to see the strong leadership on climate action right from the start. Urged the world leaders to take meaningful steps and support bridging the financial gap to ensure a sustainable future. 👏👏👏 #ClimateAction #Maldives
Ahmed Shiyam13,371 views • 2 years ago

މިދެން ފުކެއް ބޮޑުވަރު. މިވަރު ރައްޔިތުންނަށް ކޮށްނުލާ ސޯލިހުގެ ފައިންޕުޅު ރަށެއްގެ ފަސްގަނޑުގައި ބީއްސާނުލެއްވެނީތޯ? 5 ފުލުހުން އައިސް އަނިޔާވެރިކަމާއެކު ޠާާރިގު ފަހަތަށް ބިޑިއަޅުވާ މޫނު މައްޗަށް ޕެޕަރ ސުޕުރޭޖަހާ މިވަރުން ރަނގަޅުވާނީ ރައްޔިތުން ފެންނަ ހިސާބަށް ސޯލިހު ނޭރިއްޔާ. ފުލުހުންގެ މި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އަދި މިކަން ބަލައިދިނުމަށް HRC of the Maldives Maldives Police National Integrity Commission އަށް ގޮވާލަން. އަދި ފުވައްމުލަކު އުތުރު ދާއިރާގެ ރައީސް ޠާރިގު (ޗެޓޫ) އާއެކު ހައްޔަރުކުރި ހުރިހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލަން.
Ahmed Shiyam13,023 views • 3 years ago
No more content to load