Загрузка видео...

Не удалось загрузить видео

На главную

⭕️ "އަޅުގަނޑުމެންނަކީ ކުރީ ސަރުކާރު ކިޔާނެ ބައެއް ނޫން"

17,616 просмотров • 2 лет назад •via X (Twitter)

Комментарии: 9

Фото профиля 🅻🅰🆃🅷🆈🅵 🇲🇻
🅻🅰🆃🅷🆈🅵 🇲🇻2 лет назад

Nidhumuge kurin 30 faharu.

Фото профиля Adam Shareef 🇵🇸
Adam Shareef 🇵🇸2 лет назад

Rundi kaalhun thakah enoon echcheh kiyaakah neyngey.

Фото профиля Abdulla Hussain
Abdulla Hussain2 лет назад

Zimmaa aky kobaa kan mi sarukaarah neygey , kuree sarukaaru nukiyaa ok kan mihaaru egeyne , dhiveri firihen dhariyaku 5aharu verikan kuri than fenunu tho , haaskameh nethi fenunee tharahqqee ethakeh binaa , @MMuizzu @ibusolih @prz_ymn @maleehjamal @PPMPNCMNP @LankaPPMOffice

Фото профиля Ali Khalid
Ali Khalid2 лет назад

#kureesarukaarumuiz

Фото профиля Chokeybe 🇵🇸
Chokeybe 🇵🇸2 лет назад

😂😂😂😂😂😂😂 anhen veringe isthattey kiyaanee

Фото профиля Mohamed Waheed
Mohamed Waheed2 лет назад

އެބަ ރަނގަޅުވޭ. 🤣🤣

Фото профиля Hussain Ibrahim🇲🇻🇵🇸
Hussain Ibrahim🇲🇻🇵🇸2 лет назад

ހުސްގޮނޑިއެއް ދައްކާފަ ހަރާމް ޙުކުމެކޭ އިންޑިއާ އައުޓޭ ގޮވާފަ ވެރިކަމެއް ރައްޔިތުންނަށް އޮޅުވާލައިގެން ވަގަށް ނެގި ބަޔަކު ކިޔާފާނެ ކޮންމެއެއްޗެކޭވެސް

Фото профиля @mi🇲🇻
@mi🇲🇻2 лет назад

Faaithu v fas Aharu laagen Halaabala

Фото профиля Ummathee Ummathee
Ummathee Ummathee2 лет назад

އާ އެހެން ކީމަ ކަމަކުނުދޭ... ލާދީނީ ސަރުކާރު، ގައުމު ދަރުވާލި ސަރުކާރު، ސުލޯލިހުފަސްއަހަރު... މީހަމަ ކިޔޭނެ ނަންތަށް ދޯ މާޒީން ޢިބުރަތްޙާޞިލް ކުރަން ބުނަންވީމަ.. @ibrahimjanab @MMuizzu

Похожие видео

މަޖިލީހުގެ ބަހުސް ގައި ސަރުކާރު ކުއްވެރި ވާގޮތަށް، އިދިކޮޅުން ދައްކަމުން ދިޔަ ވާހަކަ ތަކަށް އަޅުގަނޑު ރައްދު ދެއްވި ގޮތުގެ ބައެއް އުނި އިތުރު ކުރުމަށް ފަހު ، އާންމުންނަށް ދެކި ވާހަކައިގެ ދޭހަ އޮޅޭ ގޮތަށް ދައުރު ކުރަމުން ދާތީ ، ސާފު ކޮށްލުމަށް: • އޮކްޓޯބަރ 7 ގައި ، ނުލަފާ ޔަހޫދީން ހަގުރާމަ އިއުލާނުކޮށް ކުށެއް ނެތް އާންމުނާއި ދިފާއުވާނެ ގޮތެއް ނެތް ރައްޔިތުންނާއި ކުރިމަތި ލުމަށް ފެއްޓި ގަތުލު އާންމުގައި އޭރު ދިވެހި ސަރުކާރާއި އޭރުގެ މަޖިލީހުން އަމަލު ކުރި ގޮތުގެ ވާހަކަ އާއި ސަރުކާރުތަކުންނާއި މަޖިލީހުން އިޒްރޭލާއި އެކު ގާއިމު ކުރި ގުޅުންތަކުގެ ވާހަކަ އާއި އެކަމާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ވާހަކައެވެ. • ⁠ހަގުރާމައިގެ ނަމުގައި ކުޑަކުދިން މަރަމުން ދިޔަ ސިފައިންނާއި ފަލަސްތީނު ބިންތަކަށް ވެރިވެފައިވާ ޔަހޫދީން ރާއްޖެ ވަނުމާއި ދެކޮޅަށް ގޮވާލާ ފުރަތަމަ ރައްޔިތުން މުޒާހަރާ ކުރީ އެމް،ޑި،ޕީ ސުޕާރ މެޖޯރިޓީ މަޖިލީހަކާއި ސަރުކާރަކާއި ދެކޮޅަށް ކަން، ފަހުން އަޅުގަނޑުމެން މިމަޖިލީހުން ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެފައިވާ ޔަހޫދީން ރާއްޖެ ވަނުން ގާނޫނީ ގޮތުން މަނާ ކުރި ވާހަކައެވެ. އަޅުގަނޑު ދެކެވުނު ވާހަކަ ދެކެވުނީ މަޖިލީހުގައި ބައެއް މެންބަރުން ކަންތަށް އޮޅޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ދެކެވެމުން ދާތީ އެކަމުގެ ރައްދެއްގެ ގޮތުން ބަހުސް ވަގުތުގައެވެ. މިކަންތަކަކީ މާޒީގައި ހިގާފައި ހުރި ކަންތަކެވެ.

Ahmed Aifan

10,746 просмотров • 10 месяцев назад

3 ސެޕްޓެންބަރު 2022 ގައި ބޭއްވުނު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފުޑް ސޭފްޓީ ބިލާބެހޭގޮތުން ދެކެވުނު ވާހަކައާ ގުޅޭގޮތުން މިހާރުގެ ސަރުކާރުގެ ފަރާތުން އެ ޖަލްސާގެ އޮޑިއޯކޮޅެއް ދައުރުކުރަމުންދާތީ ދަންނަވަން. 1 ގަޑިއިރާއި 37 މިނެޓުގެ އެ ބައްދަލުވުމުގެ ވީޑިއޯ މިހާރުވެސް ފެންނަން އެބައޮތް. މިއަދުގެ ވެރިންގެ އަމަލުތަކާ ހިލާފަށް އެންމެންނަކީ އެކިފަހަރު އެކި ތަންތަނުގައި އެކި ގޮތަށް ވާހަކަ ދައްކައިފައި، ބަޔާންދީފަ އަނެއްކާ ފަހުން ބަޔާން ބަދަލުކުރާނެ ބައެއް ނޫން. އަޅުގަނޑު އަދިވެސް ދަންނަވާނީ، ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމަށްފަހު އެ ވިޔަފާރި ކުރުމަށް ދެން އިތުރު ތަނެއްގައި ރަޖިސްޓަރީ ކުރަންޖެހިގެން ނުވާނެކަމަށް. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ގުޅޭ ކަމެއް ނޫން. އެކަމުގެ ޤާނޫނީ ޒިންމާ ހަވާލުކޮށް ފުރިހަމަ ބާރު އޭރުވެސް މިހާރުވެސް ލިބިދީފައިވާ އިދާރާތަކަށް އެކަން ކުރެވޭނެ. އޭރުވެސް އިކޮނޮމިކް މިނިސްޓްރީން ހުށަހެޅީ، ކާބޯތަކެތީގެ މިންގަނޑު ތަކާއި، އެތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް އެމް.އެފް.ޑީއޭ ނުވަތަ އެޗްޕީއޭގެ ގަވާއިދަކުން ކަނޑައަޅައި، އެތަންތަނުން ރެގިއުލޭޓްކޮށް ، މޮނިޓަރކޮށް އަދި ފިޔަވަޅު އެޅުމުގެ ޒިންމާ އަދި ބާރު ޤާނޫނުގައި ކަނޑައެޅުމަށް. މިހާ މުހިންމު ކަމެއް، ޤާނޫނު އޮތްގޮތުން ނުކުރެވި އޮތްނަމަ މިވީ 9 މަސް ތެރޭގައި އެކަން ބަދަލު ނުކުރީ ކީއްވެބާ؟ ގައިމުވެސް ސަރުކާރާއި ޤާނޫނު ހެދުމުގެ ބާރު އޮތީ ބޭނުންފުޅުވާ ކޮންމެ ކަމެއް ކޮށްލެވޭހާ ފަހިކޮށް. ސަރުކާރުން ބޭނުންވީމަ އަލަށް މައްސަލައެއް ހުށަހަޅާފަ އެދުވަހުން އެދުވަހަށް މަޖިލީހުން ކަންކަން ނިންމުމަކީ މިހާރު އާއްމު އުސޫލު. އެމް.އެފް.ޑީ.އޭ އިން ވަޑައިގެންނެވި ވެރިން އަޅުގަނޑުގެ ވާހަކަތަކަށް އެއްބަސްވެ ވަޑައިގަންނަވާކަން މި ބައްދަލުވުމުގެ ފަހުކޮޅުން ފެނިގެންދާނެ.

Fayyaz Ismail

33,317 просмотров • 1 год назад

އަޅުގަނޑު އުފެދޭ ސުވާލަކީ އެދުވަހު ޕާޓީގެ ހައްޤުގައި އަދި އިޙްލާސްތެރިކަމާއި އެކު ޕާޓީގައި ދެމި ހުންނެވި އަދި މިފަހުން ޕާޓީގެ އެކި ހަރަކާތްތަކުަގައި ހާއްސަކޮން ޕާޓީން މަގުމަތީގައި މި ނޭއްޤާނީ ސަރުކާރާއި ދެކޮޅަށް މި ފާއިތުވެ ދިޔަ ދުވަސްތަކުަގައި އެއްމެ ބޮޑަށް ހަރަކާތެރިވެ އިސްކޮން އުޅުއްވި Abdulla Waheed އަށް ވަގުތީ ގޮތުން ވެސް ޕޓީގެ ސީޕީ ކަމަށް ގެނައުމަށް ނެގި ވޯޓްގައި، މިޙާރު (އިތުބާރު) ގެ ނަމުގައި ޕާޓީގެ އެތެރޭގެ އިންތިޙާބުގައި ވާދަ ކުރައްވާ ޓީމްގައި ހިމެނިވަޑައިގަންނަވާ ގމ ބޭފުޅުންގެ ތެރެއިން ބޭފުޅުން ވޯޓް ނުދެއްވީ ކީއްވެތޯ ؟ އަދި ޕާޓީގެ ޕީޖީ ގުރޫފްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކީއްވެގެންތޯ އެދުވަހު ޒުވާން ޖޯޝްހުރި ޕަޓީ އަށް ހިމަތްތެރި ވަފާތެރި ބޭފުޅަކަށް ވޯޓް ނުދެއްވީ ؟ އަޅުގަނޑު އެދުވަހު އެ ވޯޓްގެ ކުރިން މިހާރު (އިތުބާރު) ކެންޕެއިން ޓީމްގައި ހިމެނިވަޑައި ގަންނަވާ ބައެއް ގމ ބޭފުޅުންނާއި ވާހަކަ ދައްކާލުމުން ވިދާޅުވެލެއްވީ (މި ކަހަލަ ނާޒުކު ވަގުތެއްގައި، އަދި އަމުދުން ޕާޓީ ވެރިކަމުގައި ނެތް ވަގުތެއްގައި، ރައީސް މުއިިޒް ފަދަ ވެރިޔަކު ހުއްޓައި، ވައްޑޭ ފަދަ ހަގު ތަޖްރިބާ މަދު ބޭފުޅަކު އެއްގޮތަކަށް ވެސް ޕާޓީގެ ސީޕީ ކަމަށް ކަމުނުދާނެކަމަށް، އެކަމަށް ބޭނުންވަނީ ތަޖްރިބާ ހުރި ވަރުގަދަ ވިސްނުމެއްގެ ހަރު ބޭފުޅެއް ކަމުގައި، މި ގޮތަށް ދެންނެވި ބޭފުޅުންގެ ތެރޭ ކުރީގެ ބައެއް ވަޒީރުން ވެސް އަދި މިހާރު ޒުވާނަކަށް ފުރުސަތު ދެއްވާށޭ ވިދާޅުވެ އަޑު ހަރުކޮން ވާހަކަ ދައްކަވާ ބޮޑެތި ސިޔާސީ ބޭފުޅުން ވެސް ހިމެނޭ. ވީމާ މި ސަރުކާރު ބަލިކޮށް ބަދަލު ކުރަން މި ވަގުތަށް ރައީސް Mohamed Nasheed ޕާޓީގެ ސީޕީ ކަމަށް ގެނައުމަށް ޕާޓީގެ އެއްމެހާ މެމްބަރުން އެއްބާރުލުން ދެއްވާ ވޯޓް ދެއްވުން މުހިއްމު ކަމަށް އަޅުގަނޑު ދެކެން. 🙏

Mohamed Raee / Makunudhoo Constituency

10,430 просмотров • 2 месяцев назад

ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އޭގެ ފޮނި މީރުކަން ހޯދަނީ އެހެން ބައެކެވެ. ދައުލަތުގެ ބަޖެޓަށް އެންމެ ގިނަ ފައިސާ ހޯދައިދެނީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން ކަމުގައި ވިޔަސް ގިނަ ފަހަރަށް އަސާސީ ކަންކަމުން އެ މީހުން މަހުރޫމްވާ ގޮތް ވެއެވެ. މިސާލަކަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުން ވެސް ހާއްސަކަން މި ދެނީ ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައަޅާ ގިނަ މަޝްރޫއުތަކުގައި މާލޭގައި ދިރިއުޅޭ މުއްދަތު ހިމަނާފައި ހުންނަ އިރު ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން މި ބައިން އުނިވެއެވެ. އެ މީހުންގެ އާއިލާތައް މާލޭ ސަރަހައްދުގައި ކިތަންމެ ދުވަހަކު އުޅުނަސް ފޯމް ލާ މީހާއަކީ ރިސޯޓެއްގައި އުޅޭ މީހެއް ނަމަ އޭނާ އަށް އެ ކެޓަގަރީން ޕޮއިންޓެއް ނުލިބި ހައްގުން މަހުރޫމްވެއެވެ. ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ މީހުންނަށް ހާއްސަކަމެއް ވެސް ނުދެއެވެ. ބޯހިޔާވަހިކަން އެކަންޏެއް ނޫނެވެ. އެ ނޫން ވެސް އެތައް ކަމަކުން ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން އެ ތިބެނީ ބާކީ ވެފައެވެ. އެ މީހުންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެއެވެ. ނަމަވެސް ހުރިހާ ފައިދާއެއް ލިބިގެން މިދަނީ ސަރުކާރުގައި މަަސައްކަތްކުރާ އުފެންދުންތެރިކަމެއް ނެތް ބޭނުންތެރިކަމެއްނެތް ގިނަ އަދަދެއްގެ ބޭކާރު މުވައްޒަފުންނަށެވެ. ތަފްސީލުކޮށް ކިޔާލުމަށް:

MV+

47,135 просмотров • 2 лет назад

މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދެއްކި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލާމެދު އަޅުގަނޑުގެ ޝުއޫރު! ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ހިމެނޭ އެންމެ މުހިންމު އާދަކާދަތަކުގެ ތެރެއިން އެއް އާދަކާދައަކީ ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތަކީ ދިވެހި ރަސްރަސްކަލުން ރޯދަމަހުގެ ތެރޭގައި ބާއްވަވާފައިވާ ނުހަނު ހައިބަވަންތަ، އޭގައި އެތައް ކަމެއް އެކުލެވިގެންވާ ވަރަށް ވެސް ފުރިހަމަ، ރީތި ރަސްމިއްޔާތެކެވެ. ގިނަ ބައެއްގެ މުނިފޫހިފިލުވައިދިން ރަސްމިއްޔާތެކެވެ. ނަމަވެސް، މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދެއްކި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަކީ މި މުހިންމު އާދަކާދައިގެ އަސްލު މަޤްޞަދާއި ރޫޙު ގެއްލިފައިވާ ތަމްސީލެއް ކަމުގައި ދަންނަވަން ޖެހެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދުރާލައި މި އީދުގައި ހިއްޗަށް ވަޑައިގަތުން ދައްކާނެ ވާހަކަ ބުނެފައިވާތީ، އަޅުގަނޑު އުންމީދު ކުރީ މި ތަމްސީލަކީ ވަރަށް ފުރިހަމައަށް ދިރާސާކޮށް ތައްޔާރުކޮށްފައިވާ، އަދި ދިވެހީންގެ ތާރީޚީ އަދި ސަގާފީ މި މުހިއްމު ތަރިކަ ރަނގަޅަށް ދައްކައިދޭނެ ތަމްސީލެއް ކަމަށެވެ. ނަމަވެސް، ފެނިގެން ދިޔައީ އުއްމީދުކުރި ފަދަ މަންޒަރެއް ނޫނެވެ. މިރޭ ފެނިގެން ދިޔަ ތަމްސީލުން ހިއްޗަށް ވަޑައިގަތުމުގެ ރީތިކަމާއި އޭގެ ހައިބަވަންތަކަން އެއްގޮތަކަށްވެސް ނުދެއްކުނެވެ. ރަސްމިއްޔާތު މުޅީން ފުރިހަމަ ވެސް ނުކުރެވެ އެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނު ކަމަކީ މިފަދަ މުހިންމު ރަސްމިއްޔާތެއް އޭގެ އަސްލާ އެއްގޮތަށް ދެއްކުމަށްޓަކައި ބޭނުންވާ ވަރަށް މީހުން ބައިވެރިކޮށްފައި ނުވާކަމެވެ. އޭގެ ސަބަބުން މުޅި ރަސްމިއްޔާތުގެ ހައިބަވަންތަކަން ގެއްލެއެވެ. ދެވަނައަށް، ބައިވެރިން އަޅައިގެން ތިބި ހެދުންތައް ވެސް އޭގެ އަސްލާ އެއްގޮތެއް ނޫނެވެ. ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިން އަޅަންޖެހޭ ޚާއްޞަ ހެދުންތަކެއް ހުރެއެވެ. އަދި އެ ހެދުންތައް އަޅަންޖެހޭ ޚާއްޞަ ގޮތްތަކެއް ވެސް ހުރެއެވެ. މީގެ އިތުރުން ވެސް ކިތަންމެ ގޯސްތަކެއް ހުއްޓެވެ. އަދި ހިތާމައާއެކު ފާހަގަކުރަންޖެހެނީ، ބައެއް އީދުތަކުގައި ބައެއް ރަށްރަށުގައި ދައްކާ ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަށްވުރެ ވެސް މިރޭ ފެނިގެން ދިޔަ ތަމްސީލުގެ ފެންވަރު ދަށްކަމެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއަކީ މިފަދަ ކަންކަން ރައްކާތެރިކޮށް، ދަމަހައްޓައި، ކުރިއަރުވަން މަސައްކަތްކުރާ އިދާރާ ކަމަށްވާތީއެވެ. އުއްމީދަކީ ކުރިމަގުގައި މިކަންކަމަށް ވިސްނައިގެން މިފަދަ ކަންކަން ކުރުމެވެ.
0:58

Sensitive content

Dhivehi Archives by Naajih Didi

26,027 просмотров • 1 год назад