Loading video...

Video Failed to Load

Go Home

މިދެން ތަންކޮޅެއް ބޮޑުވަރު، ސަހަލު އެންމެ ބޯޑެއް ވެސް ނެތީއޭ

12,308 views • 5 months ago •via X (Twitter)

0 Comments

No comments available

Comments from the original post will appear here

Related Videos

ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އޭގެ ފޮނި މީރުކަން ހޯދަނީ އެހެން ބައެކެވެ. ދައުލަތުގެ ބަޖެޓަށް އެންމެ ގިނަ ފައިސާ ހޯދައިދެނީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން ކަމުގައި ވިޔަސް ގިނަ ފަހަރަށް އަސާސީ ކަންކަމުން އެ މީހުން މަހުރޫމްވާ ގޮތް ވެއެވެ. މިސާލަކަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުން ވެސް ހާއްސަކަން މި ދެނީ ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައަޅާ ގިނަ މަޝްރޫއުތަކުގައި މާލޭގައި ދިރިއުޅޭ މުއްދަތު ހިމަނާފައި ހުންނަ އިރު ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން މި ބައިން އުނިވެއެވެ. އެ މީހުންގެ އާއިލާތައް މާލޭ ސަރަހައްދުގައި ކިތަންމެ ދުވަހަކު އުޅުނަސް ފޯމް ލާ މީހާއަކީ ރިސޯޓެއްގައި އުޅޭ މީހެއް ނަމަ އޭނާ އަށް އެ ކެޓަގަރީން ޕޮއިންޓެއް ނުލިބި ހައްގުން މަހުރޫމްވެއެވެ. ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ މީހުންނަށް ހާއްސަކަމެއް ވެސް ނުދެއެވެ. ބޯހިޔާވަހިކަން އެކަންޏެއް ނޫނެވެ. އެ ނޫން ވެސް އެތައް ކަމަކުން ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން އެ ތިބެނީ ބާކީ ވެފައެވެ. އެ މީހުންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެއެވެ. ނަމަވެސް ހުރިހާ ފައިދާއެއް ލިބިގެން މިދަނީ ސަރުކާރުގައި މަަސައްކަތްކުރާ އުފެންދުންތެރިކަމެއް ނެތް ބޭނުންތެރިކަމެއްނެތް ގިނަ އަދަދެއްގެ ބޭކާރު މުވައްޒަފުންނަށެވެ. ތަފްސީލުކޮށް ކިޔާލުމަށް:

MV+

47,135 views • 2 years ago

ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި މަދުބަޔަކަށް ގޯތި ދިނުމުގެ ނަމުގައި ހިންގި ސްކީމަކީ މިހާތަނަށް ސަރުކާރަކުން އިސްނަގައިގެން ހިންގުނު އެންމެ ނާއިންސާފުވެރި އެއް ސިޔާސަތެވެ. ރައްޔިތުން ދަރަޖަކޮށް ދާއިމީ އެޑްރެސްއަށް ބަލައިގެން ވެރިކަން ކުރާ މައި ސަރަހައްދު އަދި އިގްތިސާދީ މައި ހަބު މަދުބަޔަކަށް ބަހާލުމަކީ ދިވެހި ރައްޔިތުންނަށް ކުރެވެނު ބޮޑު ފުރައްސާރައެކެވެ. އަދި އެއީ ގޯހުން ހިންގާފައިވާ ކަމެއް ކަން އެނގި ހުރެ މި ސަރުކާރުން އެކަން ދެމެހެއްޓުމަކީ ވެސް ހެދި ބޮޑު ގޯހެކެވެ. އެ ގޯހުގެ މައްޗަށް ދެން ހަދަމުން ދަނީ ވެސް އިތުރު ގޯސްތަކެވެ. ކުރީ ސަރުކާރުން ހިލޭ ގޯތިތައް ބަހާފައި ވަނިކޮށް މި ސަރުކާރުން އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އިގްތިސާދާއި ދައުލަތުގެ ހުރިހާ ވަޒީފާއަދި ސުކޫލުތަށް މާލެ ސަރަހައްދަށް ހާއްސަކޮށްފައި, ގެދޮރު ދިނުމުގައި މަދު ބަޔަކަށް އިސްކަންދިނުމަކީ އެޕަތައިޑް ހިމެނޭ ޖާހިލިއްޔަ އުސޫލުގެ ސިޔާސަތެކެވެ. މިފަދަ ޒަމާނެއްގައި މިފަދަކަންކަމަށް އިންސާފަށް އެދި ގޮވަންޖެހުމަކީވެސް ލަދުންހަލާކުވާވަރުގެ ކަމެކެވެ. އެދެނީ ދިވެހިންނަށް ދިވެހިރާއްޖޭގައި ހަމަހަމަ އުސޫލަކުން ކަންކުރެވޭނެ ފަހި ޒަމާނަކަށް އަލިވިލޭނެ ރަންޒަމާނެކެވެ. ތަފްސީލުކޮށް ކިޔާލުމަށް:

MV+

55,176 views • 2 years ago

ފީއަލީ ފެނަކަ މެނޭޖަރާ ގުޅޭ ގޮތުން އަޅުގަނޑު ދޮގު ހެދި ކަމަށް ބުނެ ވާހަކަ ދައްކާތީ މި ވީޑިއޯ ހިއްސާ ކޮށްލަމެވެ. އެހީތެރިން ބޭނުން ކުުރުމުގެ ނަމުގައި ފީއަލީ ވޯޓު ފޮށި ދޮށުގައި ހިނގި ކަންކަމުގެ އެއް ހެކި މިއޮތީ އެވެ. އެހީތެރިއަކު ބޭނުންވާ ފަރާތުގެ މޫނު މަތީގެ ހަރަކާތްތަކާއި، އެހީތެރިއަކަށް ދިޔަ ފަރާތުގެ ހަރަކާތްތައް އެހުރި ގޮތުން އަޅުގަނޑު ކުރިން ފާހަގަ ކޮށްފައިވާ ކަންކަމަށް މި ވީޑިއޯ އިން އެކަނި ވެސް ބާރުދެ އެވެ. އެންމެ މުހިންމު ކަމަކަށް އެހީތެރިއަކަށް ދާ ފަރާތުން، އެހީތެރިކަން ބޭނުންވާ ފަރާތުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންވީ ކެނޑިޑޭޓެއް އަހާނުލުން ފަދަ ކަންކަން ފާހަގަވެ އެވެ. ކަންކަން ކުރިން ވެފައި ހުރި ގޮތް ރަނގަޅު ކުރަން އަންނަ މީހުން، ހަމަ އެ ބީދައިން ކަންކަން ކުރުމަކީ، ދެން ވެސް އެކަންކަން ރަނގަޅު ނުވާނެ ކަމުގެ ސާބިތު ހެއްކެކެވެ. ދޮގު ހަދަނީ ކާކުކަން ކަނޑަ އަޅުއްވާނީ އެއްކައުވަންތަ ﷲ އެވެ. ކަމެއްވާއިރަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހެދީ ދޮގޭ ބުނެ ޚަބަރު ތަކުގައި ޖެހިދާނެ އެވެ. އެކަމަކު މިއީ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ގިނަ އަދަދެއްގެ އޮފިޝަލުންގެ ކުރިމަތީގައި ކަން ހިނގާފައިވާ ގޮތެވެ.

Shaihan Zareer 🎈❓

44,018 views • 5 months ago

ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ގޮވާލަމެވެ. މިއަދުގެ ސަރުކާރު ވެރިކަމަށްއައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވަޢުދުވެކަން ދިވެހި މަސްވެރިންއެގެންދަނީ ތަކުރުކޮށް ހަނދާން ކޮށްދެމުންނެވެ. މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ދަނީ ބުނަމުންނެވެ. މިވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޚައްގަކަށްވާތީ ސަރުކާރުން އެ ޚައްގު ވަގުތުން އަދާކުރުމަށްގޮވާލަމެވެ.

Abdulla Shahid

22,734 views • 2 years ago