Загрузка видео...

Не удалось загрузить видео

На главную

މަޖިލީހުން ނިންމައިފިނަމަ އިންތިހާބުތައް އެއްކުރާނަން: ޝަކީލް

20,039 просмотров • 1 месяц назад •via X (Twitter)

Комментарии: 0

Нет доступных комментариев

Здесь появятся комментарии из оригинального поста

Похожие видео

މަޖިލީހުގެ ބަހުސް ގައި ސަރުކާރު ކުއްވެރި ވާގޮތަށް، އިދިކޮޅުން ދައްކަމުން ދިޔަ ވާހަކަ ތަކަށް އަޅުގަނޑު ރައްދު ދެއްވި ގޮތުގެ ބައެއް އުނި އިތުރު ކުރުމަށް ފަހު ، އާންމުންނަށް ދެކި ވާހަކައިގެ ދޭހަ އޮޅޭ ގޮތަށް ދައުރު ކުރަމުން ދާތީ ، ސާފު ކޮށްލުމަށް: • އޮކްޓޯބަރ 7 ގައި ، ނުލަފާ ޔަހޫދީން ހަގުރާމަ އިއުލާނުކޮށް ކުށެއް ނެތް އާންމުނާއި ދިފާއުވާނެ ގޮތެއް ނެތް ރައްޔިތުންނާއި ކުރިމަތި ލުމަށް ފެއްޓި ގަތުލު އާންމުގައި އޭރު ދިވެހި ސަރުކާރާއި އޭރުގެ މަޖިލީހުން އަމަލު ކުރި ގޮތުގެ ވާހަކަ އާއި ސަރުކާރުތަކުންނާއި މަޖިލީހުން އިޒްރޭލާއި އެކު ގާއިމު ކުރި ގުޅުންތަކުގެ ވާހަކަ އާއި އެކަމާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ވާހަކައެވެ. • ⁠ހަގުރާމައިގެ ނަމުގައި ކުޑަކުދިން މަރަމުން ދިޔަ ސިފައިންނާއި ފަލަސްތީނު ބިންތަކަށް ވެރިވެފައިވާ ޔަހޫދީން ރާއްޖެ ވަނުމާއި ދެކޮޅަށް ގޮވާލާ ފުރަތަމަ ރައްޔިތުން މުޒާހަރާ ކުރީ އެމް،ޑި،ޕީ ސުޕާރ މެޖޯރިޓީ މަޖިލީހަކާއި ސަރުކާރަކާއި ދެކޮޅަށް ކަން، ފަހުން އަޅުގަނޑުމެން މިމަޖިލީހުން ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެފައިވާ ޔަހޫދީން ރާއްޖެ ވަނުން ގާނޫނީ ގޮތުން މަނާ ކުރި ވާހަކައެވެ. އަޅުގަނޑު ދެކެވުނު ވާހަކަ ދެކެވުނީ މަޖިލީހުގައި ބައެއް މެންބަރުން ކަންތަށް އޮޅޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ދެކެވެމުން ދާތީ އެކަމުގެ ރައްދެއްގެ ގޮތުން ބަހުސް ވަގުތުގައެވެ. މިކަންތަކަކީ މާޒީގައި ހިގާފައި ހުރި ކަންތަކެވެ.

Ahmed Aifan

10,751 просмотров • 10 месяцев назад

ޒުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހުގެ ބަރަކާތްތެރި ރޭތަކުގެ ތެރޭގައި މެންދަމުން އަލިވެދާއިރުވެސް ބިރަކާނުލާ މަޖާކުރުމުގައި ދެ ޖިންސު މަސްހުރިވެ ގައިގޯޅިވެ ނެށުމާ މިޔުޒިކު ކުޅުމުގައި ވަގުތުތައް މި ހޭދަކުރަމުން ދަނީ ފަތުވާ މަޖިލީހުން ހުއްދަހޯދައިގެން ކަމުގެ އަޑުތަކެއް އެބަލިބޭ! ސުބުޙާނަﷲ. ކޮބާތޯ މިގައުމުގެ ޝޭޚުން؟ ތިމާ ހިތާނުވާ މީހަކު ވެރިކަމުގަ ހުންނައިރު ވަރަށް އަޑުހަރުކޮށް ބަސްބުނެފަ، ތިމާ ތާއީދުކޮށްގެން ގެނައި ވެރިމީހާ ކިތަންމެބޮޑު މުންކަރާތެއް ހިންގި ޔަސް އެކަމާ އެއްޗެއްނުބުނެ ހަނު ހުންނަނީ އަދި އެވަރުން ނުވެގެން އެ ފާސިގު ފާޖިރު ވެރިމީހާއަށް ސަނާކިޔާ މުންކަރާތް ހިންގަން ހިތްވަރު ވެސް ދެނީ. ހަސްބުނަﷲ ވަނިޢުމަލް ވަކީލު Dr. Anara Naeem Dr.Mohamed Iyaz Dr Mohamed Muizzu The President's Office Ibrahim Muhammad Muhammad Latheef Mohamed Shaheem Ali Saeed Dr.Ali Zahir bin Saeed Gasim Ali Zaid ZamzamFarish | ޒަމްޒަމް | زمزم Ali Rameez Abdulla Saudhan 🇵🇸🇲🇻🤲 Fazloon Bin Muhammad (أبو عثمان الملندوي) Adam Nishan Ibn Ali Adam Dr.Ilyas Hussain Ibrahim Rasheed MDP Secretariat

Shizna

16,706 просмотров • 1 год назад

3 ސެޕްޓެންބަރު 2022 ގައި ބޭއްވުނު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފުޑް ސޭފްޓީ ބިލާބެހޭގޮތުން ދެކެވުނު ވާހަކައާ ގުޅޭގޮތުން މިހާރުގެ ސަރުކާރުގެ ފަރާތުން އެ ޖަލްސާގެ އޮޑިއޯކޮޅެއް ދައުރުކުރަމުންދާތީ ދަންނަވަން. 1 ގަޑިއިރާއި 37 މިނެޓުގެ އެ ބައްދަލުވުމުގެ ވީޑިއޯ މިހާރުވެސް ފެންނަން އެބައޮތް. މިއަދުގެ ވެރިންގެ އަމަލުތަކާ ހިލާފަށް އެންމެންނަކީ އެކިފަހަރު އެކި ތަންތަނުގައި އެކި ގޮތަށް ވާހަކަ ދައްކައިފައި، ބަޔާންދީފަ އަނެއްކާ ފަހުން ބަޔާން ބަދަލުކުރާނެ ބައެއް ނޫން. އަޅުގަނޑު އަދިވެސް ދަންނަވާނީ، ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމަށްފަހު އެ ވިޔަފާރި ކުރުމަށް ދެން އިތުރު ތަނެއްގައި ރަޖިސްޓަރީ ކުރަންޖެހިގެން ނުވާނެކަމަށް. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ގުޅޭ ކަމެއް ނޫން. އެކަމުގެ ޤާނޫނީ ޒިންމާ ހަވާލުކޮށް ފުރިހަމަ ބާރު އޭރުވެސް މިހާރުވެސް ލިބިދީފައިވާ އިދާރާތަކަށް އެކަން ކުރެވޭނެ. އޭރުވެސް އިކޮނޮމިކް މިނިސްޓްރީން ހުށަހެޅީ، ކާބޯތަކެތީގެ މިންގަނޑު ތަކާއި، އެތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް އެމް.އެފް.ޑީއޭ ނުވަތަ އެޗްޕީއޭގެ ގަވާއިދަކުން ކަނޑައަޅައި، އެތަންތަނުން ރެގިއުލޭޓްކޮށް ، މޮނިޓަރކޮށް އަދި ފިޔަވަޅު އެޅުމުގެ ޒިންމާ އަދި ބާރު ޤާނޫނުގައި ކަނޑައެޅުމަށް. މިހާ މުހިންމު ކަމެއް، ޤާނޫނު އޮތްގޮތުން ނުކުރެވި އޮތްނަމަ މިވީ 9 މަސް ތެރޭގައި އެކަން ބަދަލު ނުކުރީ ކީއްވެބާ؟ ގައިމުވެސް ސަރުކާރާއި ޤާނޫނު ހެދުމުގެ ބާރު އޮތީ ބޭނުންފުޅުވާ ކޮންމެ ކަމެއް ކޮށްލެވޭހާ ފަހިކޮށް. ސަރުކާރުން ބޭނުންވީމަ އަލަށް މައްސަލައެއް ހުށަހަޅާފަ އެދުވަހުން އެދުވަހަށް މަޖިލީހުން ކަންކަން ނިންމުމަކީ މިހާރު އާއްމު އުސޫލު. އެމް.އެފް.ޑީ.އޭ އިން ވަޑައިގެންނެވި ވެރިން އަޅުގަނޑުގެ ވާހަކަތަކަށް އެއްބަސްވެ ވަޑައިގަންނަވާކަން މި ބައްދަލުވުމުގެ ފަހުކޮޅުން ފެނިގެންދާނެ.

Fayyaz Ismail

33,317 просмотров • 2 лет назад