Loading video...

Video Failed to Load

Go Home

ފުއްޓަރު އަށި, ށ.ގޮއިދޫ.

67,042 views • 3 years ago •via X (Twitter)

3 Comments

Zaha Waheed's profile picture
Zaha Waheed3 years ago

@villatrading_mv @villagroupmv @villahakatha @NooRaajje @WaittInstitute @alliedmv @lgaMaldives @Stabisys Thanks, to Sh. Goidhoo community for being in harmony with nature. Nicely done. Keep conserving these beautiful wetlands.

Dhenveegothakee's profile picture
Dhenveegothakee3 years ago

@villatrading_mv @villagroupmv @villahakatha @NooRaajje @WaittInstitute @alliedmv @lgaMaldives @Stabisys Beautiful

Ameen Dahaa's profile picture
Ameen Dahaa3 years ago

@villatrading_mv @villagroupmv @villahakatha @NooRaajje @WaittInstitute @alliedmv @lgaMaldives @Stabisys Thiyee madhiri ashi fuhtaru

Related Videos

އެކި ބޭނުންތަކަށް މިދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި 50 އަށް ވުރެ ގިނަ ބިން ހިއްކާފައިވިޔަސް، ގެދޮރު ވެރިކަމުގެ މަސްރޫޢުތަކާއި އިގްތިސާދީ ބޭނުމަށް ހުރިހާ މަސްރޫޢުތަކެއް ހިންގަނީ މާލެ ސަރަހައްދަށް ހާއްސަކޮށްގެންނެވެ. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ގިނަ މަސްރޫޢުތަށް ހިންގާފައިވަނީ މާލެ ސަރަހައްދަށް ހާއްސަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަަރައްހަދަށް ހިޖުރަކުރާން މަޖުބޫރު ސިޔާސަތަކަށެވެ. މިކަމުގެ ސަބަބުން ރާއްޖެތެރޭގެ ގިނަ ބަޔަކު އުޅެނީ ބޮޑު ކުލިދައްކައިގެން މާލެ ސަރަހައްދުގައެވެ. ބޭންކު ލޯނަކަށް ލިޔަސް ރަށުގެ ގޯތި ހަދަން ރަނގަޅު އަދަދެއްގެ ލޯނެއް ނުލިބި ބޭންކުތަކުގެ ގިނަ ލޯނު ދޫކުރަނީ މާލެ ސަރަހައްދުގެ ގޯތިވެރިންނަށެވެ. މާލޭގައި ދިރިނޫޅޭ ރާޢްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ ދާއިމީ އެޑްރެސް އެއް އޮތުމުން މާލެ ސަރަހައްދުން ހިލޭ އެތަށް ބިލިއަން ރުފިޔާގެ ގޯތި ލިބިފައި، ރާއްޖޭގެ އެހެން ރައްޔިތުން މާލޭ ސަރަހައްދުގައި ކުލި ދެއްކުމުގައި ހަޔާތެއް ވޭތުކުރުމުންވެސް ބާކީވާ ސިޔާސަތަކީ ރަށްވެހިކަމުގެ ގާނޫނާއި ހިލާފު އަޕަތަައިޑު ހިމެނޭ ލަދުވެތި ސިޔާސަތެކެވެ. މިހާރުވެސް ހުޅުމާލެއިން ދެވުނު ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ގުދަންކުރުމަށާއި ގޯތި ދިގުމުއްދަތަކަށް ވިއްކާލުމުގެ މަންޒަރު ފެންނަމުންދާއިރު، ހިލޭގޯތި ދިނުމުގެ ނިޔަތާއި މެދު ސުވާލު އުފެދެއެވެ. ފާާއިތުވެ ދިޔަ ތިން އިންތިހާބުގައިވެސް މާލެ ސަރަހައްދުގެ ވޯޓުން އެމްޑީޕީ ބަލިވެފައިވަނީ އާދަޔާ ހިލާފު ދެރަ ނަތީޖާއަކުން ކަމަށްވެފައި، މަދުބަޔަކަށް ހިލޭގޯތި ދިނުމުގެ ސިޔާސަތާއި އެމްޑީޕީ ދުރުވާންޖެހޭކަމަށް ޕާޓީގެ ގިނަ ސަޕޯޓަރުންދަނީ ގޮވާލަމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު ބާކީކޮށްގެން މަދުބަޔަކަށް މަންފާވާގޮތަށް މިފަދަ ލަދުވެތި ސިޔާސަތުތަކަށް ވަކާލާތުކޮށް ގޮވާލުމާ ދުރުވުމަކީ، އެމްޑީޕީގެ ސިޔާސީ ކުރިމަގަށާއި ޕާޓީގެ މަސްލަހަތަށްވެސް އެންމެ ރަނގަޅުގޮތްކަމަށް ދެކޭ މެންބަރުން މަދެއް ނޫނެވެ. ދާއިމީ އެޑްރެސްއަށް ބަލައިގެން ރައްޔިތުންގެ ހައްގުތަށް ކަނޑައެޅުމަކީ ނާތަހުޒީބު ސިޔާސަތަކަށްވެފައި، ދިވެހި ރައްޔިތުން ވަކިރަށަކަށްވުރެ އެންމެ ފުރަތަމަ ނިސްބަތްވަނީ ދިވެހިރާއްޖެއަށެވެ. ތަފްސީލުކޮށް ކިޔާލުމަށް:

MV+

91,846 views • 2 years ago