Video yükleniyor...

Video Yüklenemedi

Ana Sayfaya Dön

ސޯޝަލް މީޑިއާގެ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައި ނެތް ކަމަށް ބުނަނީ ކަނޑައެޅިގެން ދޮގެއް!

12,892 görüntüleme • 11 ay önce •via X (Twitter)

0 Yorum

Yorum bulunmuyor

Orijinal gönderinin yorumları burada görünecek

Benzer Videolar

ހެޔޮގޮތުގައި މަސައްކަތްކޮށް އެއްވެސް ސިފައެއްގައި މީހަކު ނުވަތަ ބަޔަކު ކުރިއަރައި ދާނަމަ، އެކަމާއި ހަސަދަވާ ބަޔަކު ތިބޭނެކަމީ ދަންނަން ޖެހޭ ހަގީގަތެކެވެ. ވުމާއިއެކު ސިދާގޮތުންނާއި ނުސީދާގޮތުން އެކިކަހަލަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ޒަމާނަށް އައި ބަދަލުތަކާއިއެކު މިހާރު ކަން ކުރެވޭ ގޮތަށް މިވަނީ ބަދަލު އައިސްފައެވެ. ބުލީކޮށް މީހާ ބަލިކަށި ކޮށްލަން މިހާރު އެންމެ ވަރުގަދައަށް ބެނުން ކުރެވޭ ހަތިޔާރަކަށް ވެފައިމިވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކެވެ. ފޭކް އެކައުންޓްތައް ހަދައި އައު ވާހަކަތައް އުފައްދައި މުޖުތަމައުގައި ފަތުރައިގެން މީހުންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ، މިއަދު ކާމިޔާބަށް ވާސިލްވާން މަސައްކަތްކުރާ، ނުވަތަ އިސްލާހަށް މަސައްކަތްކުރާ ހަމަ ކޮންމެ މީހަކަށް ނުވަތަ ކޮންމެ ބަޔަކަށް ކުރިމަތިލާން ޖެހޭ ހަގީގަތެވެ. ވުމާއިއެކު ފޭކް އެކައުންޓްތައް ހަދައިގެން ބުލީ ކުރުމާއި ދެކޮޅަށް އެންމެން ތެދުވެ އަތް އޮޅާލައި މިވަނީ މަސައްކަތް ކުރަން ޖެހިފައެވެ. ފޭކް އެކައުންޓްތައް ބްލޮކް ކުރުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކެން ޖެހިފައެވެ. ސޯޝަލް މީޑިއާގައި ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރަން ކުރެވުނު މަސައްކަތުގެ ތެރެއިން ދިވެހިންގެ ތެރޭގައި މިއީ "ވަރަށް ހަޑި" މަސައްކަތެއްގޮތުގައި ދެކެމުން އައި ދެކުން މިހާރު ނިމުމަކަށް މިވަނީ ގެނެވިފައެވެ. ވުމާއިއެކު ކިތަންމެ ޒުވާނުންނެއް މިއަދު ވަނީ މަސްވެރިކަމުގެ ތެރެއަށް ނުކުމެފައެވެ. ރާއްޖޭގެ މަސްވެރިކަމުގެ ހާލަތުބަލައި އެ މައުލޫމާތު އެއްކޮށް، ރާއްޖޭގެ ތާރީހާއި ސަގާފަތާއި މަސައްކަތްތެރިކަމުގެ މައުލޫމާތު ހޯދުމަށް ކުރެވޭ މި ގައުމީ މަސައްކަތުގައި ސާބިތުވެ ހުރީމެވެ. ބުލީގެ ސަބަބުން އެއްވެސް ޒުވާނަކު ފަހަތަށް ޖެހޭތަން ފެނުމަކީ ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ.

Zuvaan Masveriya

81,279 görüntüleme • 2 yıl önce