Video yükleniyor...

Video Yüklenemedi

Ana Sayfaya Dön

ޑރ.މުއިއްޒުގެ ޙިދުމަތްތަކަށް އަވަސް ކަޅިޔެއް! #Muizzu2023

10,405 görüntüleme • 3 yıl önce •via X (Twitter)

3 Yorum

H∆$∆N∆∆THU🌟 profil fotoğrafı
H∆$∆N∆∆THU🌟3 yıl önce

@WayneWazza23 މިހާރު ހަމަ އެމާލޭގަ އެޔޮތީ ހޮޅިތަށް އަޑީގައަޅާފަ. ހޮޅިމުއިޒުއަށް ވެރިކަން ކުރާކަށް ނޭންގޭނެ އޭރުން މުޅިގަޢުމު އޮންނާނީ މުއީޒުވެފަ.

Muhudu bin jubba profil fotoğrafı
Muhudu bin jubba3 yıl önce

މުއިއްޒު 7 އަހަރު މިނިސްޓަރުކަމުގައި ހުރެ އަމިއްލަގެ 14 ބުރިއަށް ހިއްލާލި! ވަގު މުއިއްޒު ބޮޑު ވަގު ދިމްޔާތު ޗޯރު

𝟒𝟐𝐧𝟑𝟑𝐦 𝟒𝟖𝐝𝐮 𝐑𝟒𝟓𝐡𝟑𝟑𝐝 profil fotoğrafı
𝟒𝟐𝐧𝟑𝟑𝐦 𝟒𝟖𝐝𝐮 𝐑𝟒𝟓𝐡𝟑𝟑𝐝3 yıl önce

Adhi magu mathin parking slot tha 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

Benzer Videolar

ްެސެންޓުރަލް ޕާކް ކައިރިން ހިންގިއެ ނުރައްކާތެރި އެކުސިޑެންޓުގެ މި މަންޒަރުތަށް ބަލައިލީމާ އެތަކެއް ކަމެއް ފާހަގަ ވި އެވެ. 1. 2 ވެހިކަލް ގެ ޖެހިފައި ހުރީ ކުރިމަތި ފަރާތެވެ. ސެންޓުރަލް ޕާކްގެ ވަށާއޮތް މަގަކީ މިހާރު އެއްކޮޅަށް ދުއްވާ މަގެއް ކަމުން ދެ ވެހިކަލް ކުރިމަތިން ބައްދަލު ވެގެން ނުވާނެ އެވެ. 2. ކާރު އައިސާއިނީ ދުއްވަންވާ ގޮތަށް ވަންވޭ އާއި އެއްކޮޅަށެވެ. އެހެން ކަމުން ކުރިމަތިން ވެހިކަލްއެއް ހުރަސް ވުމުގެ ޗާންސް އޮންނާނެ ކަމަކަށް އޭނާ ނުދެކޭނެ އެވެ. 3. އެ ކުރެހުމުން ފެންނަގޮތުން ސައިކަލް އޭނީ މަގު ހުރަސް ކޮށް އަނެއް ކޮޅަށް ގޮއްސަ އެވެ. އެއީ މަލްޓިލޭން މަގެއްގައި މަނާ ކަމެކެވެ. އަދި ނުރައްކަލަށް ތިމާ ލެވެނީ އެވެ. މަލްޓި ލޭން މަގުތަށް މުޅި ރާއްޖެއަށް ފެތުރެމުން ދާ އިރު އަސްލު މި މަގުތަކުގައި ދުއްވަންވާ ގޮތް އެނގެނީ ކިތަން މީހުންނަށް ބާވައެވެ. ހޭލުންތެރިވެފައި ހުރިނަމަ އެގޮތަށް އަނބުރާލަފާނެބާއެވެ. 4. ކާރު އައިސާއިނީ މަޑުންނެއް ނޫނެވެ ނަމަވެސް މިފަދަ ހާލަތެއްގައި 30ކމ ގައި އަޔަސް ޖެހިފާ އަންނައިންޕެކުޓު ބޮޑުވާނެ އެވެ. އެއީ ދެ ވެހިކަލްގެވެސް ފޯސް ހުރި ކުރިޔަށް ދާން ކަމަށް ވާތީ އެވެ. ޖެހިފައި ހުރިވަރަށް ބަލާ ލާފާކުރެވެނި 50-30 ގެ ބާރުމިނެއްގައި އައިސާ އިންކަމެވެ. އެއީ އެ ކާރު އެޔަށް ވުރެން ބާރު ސުޕީޑެއްގައި އައިސް ޖެހުނު ނަމަ އެ ސައިކަލް އޮންނާނީ އެހާލުގައި އެއް ނޫނެވެ. އަދި ކާރު ދުއްވަން އިން މީހައަށްވެސް ބޮޑެތި އަނިޔާތަކެއް ވެ އެޔަށް ވުރެން ކާރު ފުންޑެނޭއެވެ. ޖެހިފައި ކާރު ކޮންޓުރޯލު ކުރެވިފައި އޮތީވެސް އެހެންވެ އެވެ. ނިޔާވި ފަރާތަށް ތައުޒިއްޔާ ފޮނުވަމެވެ. އަދި އާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ. ނަމަވެސް ކަންކަން ހައްލުލުރެވޭނީ ހުރިހާ ކަމެއް ހައްލުކޮށްގެން ނެވެ. މި ކަމުގައި ދެ ފަރާތުގެ އިހުމާލު އެބަ އޮތެވެ. އެއީ ޔަގީންކަމެކެވެ. އެހެން ކަމުން އެއްފަރާތުގައި ޒިންމާއަޅުވާ މުޅި އެތި ސުޕޯޓްސް ކާރަށް އަނބުރާލުމުން އަސްލު މައްސަލަ ހައްލެއް ނުވެއެވެ. މިއީ ރާއްޖޭގައި މިކަން މިއަދާ ހަމަޔަށް ކުރާ ގޮތެވެ. ކަންކަން ހައްލު ކުރެވޭނީ ހެދޭ ގޯސް ކިޔާ ދީ ހޭލުންތެރި ކުރުވި ވަރަކަށް ކަމަށް ގަބޫލުކުރަމެވެ. މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ދިވެހި ފުލުހުންނަށެވެ. އެކި ކަހަލަ އެކުސިޑެންޓު ތަކުގެ ފުޓޭޖް ހުންނާނެ ތީ އެވެ. އެއްޗިސް އާންމުނަށް ދައްކާ އެކަންކަން ތަކުރާރު ވިޔަ ނުދިނުން އެއީ ޒިންމާއެއް ގޮތުގައި ދެކެން އެބަ ޖެއެވެ. ޤައުމުގެ ނޫސްވެރިންވެސް މިކަން ކަމުގައި ހަރުދަނާ ވާން އެބަޖެހެއެވެ. ޒާތީވެފައޖ އޮންނައުސޫލަކުން ކަންކުރާ މަންޒަރުފެންނާތީ އެވެ. ނިސްބަތުން އެތަކެއް އެކުސިޑެންޓެއް ރާއްޖޭގައޖ ހިންގައެވެ. އޭގެން ނުރައްކާތެރި އެތަކެއް ކަމެއް ވެއެވެ. ނަމަވެސް ސުޕޯޓްސް ކާރެއް ސައިކެއް ނޫންވެއްޖެޔާ އެހާ ވަރުތަކެއް ނާރުވައެވެ. އެވާހަކަ ގިނަ ފަހަރު ޖަހާނުލައެވެ. ކަންކަން އިސްލާހުކުރަން ބޮޑު ދައުރެއް ކުޅެވޭނެ ބަޔަކަށް ނޫސްވެރިން ވާ އިރުމިބަލަނީ ކަމާ އިދިކޮޅު އެޖެންޑާއެއް ހިންގޭތޯ އެވެ. ވަކި ކަހަލަ ވެހިކަލް އަކުން އެކުސިޑެންޓް ވާ ކަމަށް ރަޔިއްތުންނަށް ދައްކަން ބޭނުންވާ ކަހަލައެވެ. މަގުތަކުގައި އުޅެންވާ ގޮތް ކިޔާދޭން އެބަޖެހެއެވެ. ޔޫ ޓާންނުނެގޭ ހާލަތުތަށް ފަދަ ކަންކަން ގެނެސް ދޭންއެބަ ޖެހެއެވެ. އެކިސިޑެންޓެއްވީމާ ފުރިހަމަ އެސެސްމަންޓެއް ހެދެންޖެހެ އެވެ. އެއީ ވެސް މި ޤައުމުގައި ކުރާކަމެއް ނޫނެވެ. މީހަކު ހުންނަފާޑަކުން ނުވަތަ ދުއްވާ ވެހިކަލްއެއްގެ ބާވަތުން މިއޮންނަނީ އަދަބު ދިނުމެވެ. ކުއްވެރި ނުވާ މީހާ ކުއްވެރިއެއް ގޮތަށް މުޖުތަމައުއަށް ނަންވެގެން ދެއެވެ. ދެންއޮތީ އެކުސިޑެންޓެއްވީމާ ދެވޭ ފަރުވާގެ ވާހަކައެވެ. ދޭންވާ އަވަސް ފަރުވާ ދެވޭނެ ގޮތެއް ހަދަން މާލަސްވެއްޖެއެވެ. އެކުސިޑެންޓުތަކަށް ދާނެ ހާއްސަ ޓީމެއް އޮންނަން އެބަޖެހެއެވެ. އަދި އާންމުންގެ ތެރޭން ކޮންމެ 5 މީހަކުން 2 މީހަކަށް ކުރަންވާ ކަންތައް އަންގާދޭން އެކި ކަހަލަ ކުލާސްތަށް ނުވަތަ ޕުރޮގުރާމްތަށް ހިންގަންއެބަ ޖެހެއެވެ. އެކުސިޑެންޓު ވެފަ އޮންނަ ބޮލުން ހެލުމެޓް ނެގުންވެސް އެއީ ގިނަބަޔަކަށް އިނގޭކަމެއް ނޫނެވެ. *އެއްވެސް ހާލެއްގައި މަށަކީ ދުވަހަކުވެސް އާންމު މަގުތަކުގައި ބާރަށް ދުއްވަން ހިތްވަރު ދޭ މީހެއް ނޫނެވެ. އަދި މަގުތަށް އަމާންތަނަކަށް ހަދަން ބޭނުންވާ ފަރުދެއްގެ ހަޔިސިއްޔަތުން ކުރެވެން ހުރި ކަމެއް ކުރަނީ އެވެ. Dr Mohamed Muizzu The President's Office Maldives Police Maldives PoliceCP Minister of Homeland Security, Labour & Technology Mohamed Ameen Ministry of Transport and Civil Aviation Ministry of Health, Family and Welfare Maaniu. 🇲🇻 Hassan Kurusee Abdulla Khaleel Abdulla Rafiu Abdul Raheem Abdulla Mihaaru Voice.mv Vaguthu Online Adhadhu Javiyani Dhauru

Pohthu™

44,276 görüntüleme • 1 yıl önce