Dhivoice's banner
Dhivoice's profile picture

Dhivoice

@Dhi_Voice16,654 subscribers

Shorts

ގޭންގު ކުދިންގެސަރުކާރު

ގޭންގު ކުދިންގެސަރުކާރު

20,748 Aufrufe

Videos

Dhi_Voice's profile picture

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް ބުނެ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫންކަން އެނގިއްޖެ ފަހަދް ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު އިފުތިތާހު ކުރުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ. އެއަށް ފަހު ފަހަދް، ރައީސް މުއިއްޒުއާ ރައީސް އޮފީހުގައި ހޯމަ ދުވަހު ބައްދަލު ކުރެއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ލިޔެފައި ވަނީ ފަހަދް އަކީ ސައޫދީގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށް. އޭނާގެ ނަން ލިޔެފައި ވަނީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" ޖެހުމަށް ފަހު ސައޫދީ އަރަބިއްޔާގައި އެ ލަގަބު ލިބެނީ އަބްދުލްއަޒީޒް އިބްނު ސައުދު ރަސްގެފާނުގެ ދަރި ދަރިކަލުންނާއި ދަރި ދަރިކަނބަލުން އަދި އެ ހިސާބުން ފެށިގެން ރަސްގެފާނުގެ ދަރި ދަރިކަލުންގެ އާއިލާތަކުން އަންނަ ފަރާތްތަކަށް. އަދަދު ނޫހުން ބެލި ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ދަރިފަސްކޮޅު ބަލަހައްޓާ އެއްވެސް ލިސްޓެއްގައި ފަހަދްގެ ނަމެއް ފެންނާކަށް ނެތެވެ ފަހަދުއަކީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވާއިރު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުރި ސައޫދީ އެމްބަސީގެ ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވާ ޝާހީ އާއިލާގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅަކަށް ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ނިސްބަތްކޮށް ރަސްމީކޮށް ލިޔެކިޔުމުގައި ޖެހުމުން، އެކަމުގެ ކަންބޮޑުވުން ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ދިވެހި ސަރުކާރުގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން އަދަދު ނޫހުން ބުނޭ #AImaldives #AINews

Dhivoice

10,243 Aufrufe • vor 1 Jahr

Keine weiteren Inhalte verfügbar