
Mohamed Jameel Ahmed
@MJameelAhmed • 97,110 subscribers
Official twitter account of the Former Vice President of the Republic of Maldives.
Shorts
Videos

އަޅުގަނޑު ދެނެހުރިން، ރައީސް ޔާމީނު ޖަލަށް ވަޑައިގަންނަވަމުން މުޅި ޕީޕީއެމް ޙަވާލުކުރީ އަދުރޭއާ. ޖަލުގައި އެމަނިކުފާނު ގުރުބާންވެ ވަޑައިގަތީ. އަދުރޭ ރައީސް ޔާމީނަކީ ތިމަންނަގެ ބައްޕައެއް ފަދަ ބޭފުޅެކޭ ބުނީ މިވެރިކަން ލިބުމުގެ ކުރިން. ވެރިކަން ހަމަ ލިބުމާއެކު ރައީސް ޔާމީނަށް ފުރައްސާރު އިސްވެކުރަންފެށީ އަދުރޭ. ޕީއެންސީއަށް ނޫނެކޭ ބުނަންޖެހެނީ މިހާ ގޮތްކުޑަ ބަޔަކަށްވީމަ! ޕީއެންސީގެ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޔާމީނަށް ތާއީދު ކުރާއެއްވެސް ރައްޔިތަކު ވޯޓް ނުދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވާ!
Mohamed Jameel Ahmed11,067 views • 7 months ago

މެމްބަރު ފަލާޙު މިއީ Dr Mohamed Muizzu މުއިއްޒު ޗާބީ ދީފައި ނެރެފައި ހުރި ލިޔަން ކިޔަން ނުދަންނަ ދިވެހި މުޖްތަމަޢަށް ހުރި ހުތުރެއް. ބޮޓޭކޯގެ އުފެއްދުންތެރިޔާ! ހުތުރުވިހާ ތުހުމަތެއް އޮތް މީހެއް! އިއްޔެ އާދޭސް ކުރަމުން ޕީޕީއެމަށް ސަލާން ޖަހަން އައި އަޚްލާގު ހުތުރު މީހެއް! މީނައަތަށް ފައިސާ ފޮތްޗެއް އެރީމަ ހީކުރަނީ، މިހުރީ ޢިއްޒަތާ ތަޢްލީމުވެސް ލިބިފައޭ. މިފަދަ މީހުންގެ substance ނެތް ހުސް އަނގަ އެއީ ތަޢްލީމީ ދިވެހިން އެންމެ މިމީހުންދެކެ ނަފުރަތު ކުރާ ސަބަބު!
Mohamed Jameel Ahmed14,324 views • 1 year ago

މިއަދު މިއީ ރ. ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރިތާ 1 އަހަރު ފުރުނު ދުވަސް. މިއީ ޙަރާން ޙުކުމެއްކަމާއި އިބޫގެ ސަރުކާރުގެ ނުފޫޒުން ކުރި ޙުކުމެއް ކަމަށް Dr Mohamed Muizzu އަދި Ahmed Shiyam Mohamed Ghassan Maumoon ހިމެނޭގޮތަށް ބުނެ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ކޯޓްދޮށަށް ހާޒިރުވެ އިހްތިޖާޖުކުރި. މއަދު ތިޔަތިބީ ރައީސްކަމުގައްޔާއި ބޮޑަތި ވަޒީރުންގެ ގޮތުގައި. މިއަދު މައްސަލަ ލަސްވުން އަދި ޙުކުމްވެސް އޯަކޭވީތޯ؟ މަގާމާއި މުސާރައާއި ފައިސާވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ލީޑަރ، ބައްޕައެއްފަދަ ބޭފުޅަކަށް މިމިންވަރަށް ބަޔަކު ޚިޔާނާތްވިތަން ފަހުގެ ތާރީޚުގައި ދުށިންތޯ؟ މިއަދު ތިޔައީ ބޮޑަތި މަގާމުތަކުގެ ދަހިވެތިކަމުގައި ތިމާގެ އުސޫލާއި، ހަމަޔާއި، އަގީދާ ދޫކޮށްލި ބައެއް. ދެން މި ބޭކަލުން ގައުމާއި ރައްޔިތުންނަށް ދޭނީ ކޮން ފިލާވަޅެއް؟ ކޮން އިޚްލާޞްތެރިކަމެއް؟ ކޮން ގައުމިއްޔަތެއް؟ ކޮން ރީތި ދީނީ އަޚްލާގެއް؟ މިއީ މަގާމާއި މުސާރައިގެ އަޅުންތަކެއްކަން ކަށަވަރު. މިއީ އަޚްލާގެއް ނެތް ބައެއްކަމާމެދު ދެބަސްވުމެއް ނެތް!
Mohamed Jameel Ahmed18,308 views • 2 years ago
No more content to load