
Dr Mohamed Muizzu
@MMuizzu • 98,768 subscribers
President of the Republic of Maldives | President of Peoples' National Congress (PNC) - Maldives
Shorts
Videos

Some of the works included in the next phase of development of Male north side Boduthakurufaanu Magu and harbour area development plan: these works and the remainder of the Ring Road (from MPL area upto Tsunami Binaa Maizaan) will be completed before end of November 2026 in sha Allah.
Dr Mohamed Muizzu44,712 次观看 • 1 个月前

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވަމެވެ. މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވީ ބަޠަލުންނަށް ހެޔޮދުއާ ރައްދުކުރަން! މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން. މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން. އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ޤައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން!
Dr Mohamed Muizzu14,966 次观看 • 1 个月前

އިންޝާ ﷲ އަޅުގަނޑު ދޭ ޔަޤީން ކަމަކީ ރައްޔިތުންގެ އުއްމީދުތައް ޙާސިލްވާ ޢަދުލުވެރި، އިންސާފުވެރި، ދެފުށްފެންނަ، ނަތީޖާ ނެރެދޭ، ހިންގުންތެރި ވެރިކަމެއް ކޮށްދީ، ހުރިހާ ގޮތަކުން މިނިވަންކަން ޔަޤީންވެފައިވާ، އިޤްތިޞާދު ހަރުދަނާ ކުރެވިފައިވާ، ގެދޮރުވެރިކަން ޔަޤީންކޮށްދެވިފައިވާ، ފުދުންތެރި، ޢަބުރުވެރި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ޤައުމެއް، މުޖުތަމަޢުއެއް ޤާއިމުކޮށްދޭނެކަން. އަޅުގަނޑުގެ ކެނޑިޑޭޓު ނަންބަރަކީ 4. ޝުކުރިއްޔާ!
Dr Mohamed Muizzu124,388 次观看 • 2 年前

Maldives International Financial Centre is more than infrastructure. It is a national commitment. A commitment to diversify our economy beyond our traditional boundaries. A commitment to our people with opportunity, resilience and pride. And a commitment to the world - that the Maldives is ready to lead in reimagining the future of finance, sustainability and urban living. This will be our legacy. A legacy of not only brick and steel, but of bold decisions, courageous partnerships and national purpose.
Dr Mohamed Muizzu49,083 次观看 • 1 年前

ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަނީ، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރައްވައި ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރަމުން. ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެއްކަމުގައި ވާތީ، މިއީ އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން ބަދަހިވެ، އަމާންކަމާއި ހިތްހަމަޖެހުން ކޮންމެ ރައްޔިތަކަށްމެ އިޙްސާސްވާ ޢީދަކަށްވުން އެދި ހެޔޮ ދުއާކުރަން.
Dr Mohamed Muizzu13,941 次观看 • 3 个月前
0:42
Sensitive content
This media may contain sensitive content.

ނިޢުމަތާއިބަރަކާތުން ފުރިގެންވާ ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. މި މައްސަރުގެ ރޯދައާއި، ދުޢާ، އަދި ހެޔޮޢަމަލުތަކާއި ޞަދަޤާތް މާތްﷲގެ ޙަޟްރަތުން ޤަބޫލު ކުރައްވާށިއެވެ. މި މައްސަރުގެ ބާއްޖަވެރިކަން އިތުރުކޮށް ދެއްވައި، އުނދަގުލާއި ދަތިތައް ބަރުދާސްކުރާ ކޮންމެމުސްލިމް ޢާއިލާއަކަށް ވަކީން ޚާއްޞަކޮށް ފަލަޞްޠީނުގެ އުޚުއްވަތްތެރީންނަށް ރަޙްމަތާއި މަދަދު ގިނަގުނަކޮށް ދެއްވާށިއެވެ. އާމީން. #RoadhaigeRoohu
Dr Mohamed Muizzu39,385 次观看 • 1 年前

Maldives 2.0 (Maldives 2.0) is our vision for the future—a Digital-First Maldives built for every citizen, every island, and every generation to come. These 8 Pillars shape how we build, connect, govern, protect rights, promote transparency, and restore trust in public institutions. Learn more at: #DigitalGovMv #Maldives
Dr Mohamed Muizzu30,313 次观看 • 1 年前

ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ. މާދަމާ ދިވެހި ޤައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު އެކުދިންނަށް ލިބޭނީ މިއަދު އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްދީގެން. ދިވެހި ލޮބުވެތި ކުޑަކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަން!
Dr Mohamed Muizzu28,643 次观看 • 1 年前

عيد مبارك ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. އަޅުގަނޑު އެދެނީ މި އުފާވެރި ޢީދުގައި އެކުވެރިކަން ބަދަހި ކުރައްވައި، އިޖްތިމާޢީ ރޫޙު އާލާ ކުރެއްވުން. ހިތްހެޔޮކުރުމާ، އިޙްސާންތެރިވުމާ، ލޯތްބާއި އޯގާތެރިކަމުގެ ރީތި ސިފަތަކުން މިޢީދު ޒީނަތްތެރި ކޮށްދެއްވުން.
Dr Mohamed Muizzu22,679 次观看 • 1 年前

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މިހާތަނަށް ލިބުނު 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލެއް، އަދި ޝަރަފެއް. ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސަޢޫދީ ސަރުކާރުން ވަނީ، ވަރަށް ހޫނު މަރްޙަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައި. ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ވަނީ ލިބިފައި. އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ. ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ. އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުން. ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަން. އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވަން. ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ޙައްޖެއް، ދިވެހި ޙައްޖުވެރީންނަށް މާތްﷲ މިންވަރު ކުރައްވާށި. އާމީން.
Dr Mohamed Muizzu22,713 次观看 • 1 年前

ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށި. ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރައްވާށި. އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާށި. ދުނިޔެއާއި އާޚިރަތުގައިމެ، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވާށި. ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވާށި. އާމީން
Dr Mohamed Muizzu21,698 次观看 • 1 年前